Defender Hisham Saleem New Radiant Ah Soi Koffi
image
ހިޝާމް ނިއުގެ އެސް.ޖީ ނިޔާޒްއާ އެކު ފޮޓޯ:---
0 ކޮމެންޓް
 

ޑިފެންޑަރ ހިޝާމް ސަލީމް ނިއުއަށް ސޮއިކޮށްފި

ވެލެންސިޔާއިން ވިދާލައި، ގައުމީ ޓީމުންވެސް ފުރުސަތު ހޯދަމުން އަންނަ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ)ވެސް ނިއުރޭޑިއަންޓަށް ސޮއިކޮށްފިއެވެ.
މާލޭ ލީގުގައި ވެލެންސިއާއަށް މޮޅު ކުޅުމެއް ދެއްކި ކޮކީ ވަނީ ރާއްޖެއާއި ފަލަސްތީނު ކުޅުނު އޭޝިއަން ކަޕުގެ ކޮލިފިކޭޝަން މެޗުގައި ގައުމީ ސުކޮޑުންވެސް ޖާގަ ހޯދާފަ އެވެ.

ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކޮށް، އަންނަ ސީޒަންގައި އޭއެފްސީ ކަޕު ކުޅުމަށް ތައްޔާރުވަމުންދާ ނިއު ދަނީ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިން ތަކަކަށް ފާރަލަމުންނެވެ. އަދި އެޓީމުގައި އަންނަ ސީޒަންގައި މަޑު ކުރުމަށް ގިނަ ކުޅުންތެރިންތަކެއްވަނީ އެއްބަސްވުންވެސް އާކޮށްފަ އެވެ. އެގޮތުން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމާއި އެކު ހަދާފައިވާ އެއްބަސްވުން އަލުން އާކޮށްފައެވެ.
ހިޔާލު