HA Atholhugai Basic Sign Language Training Courheh Hingaifi
image
ޜޭ ބޭއްވި ރަސްމިއްޔާތުގެ ތެރެިން-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
0 ކޮމެންޓް
 

ހއ އަތޮޅުގައި ބޭސިކް ސައިން ލޭންގުއޭޖް ޓްރޭނިން ކޯހެއް ހިންގައިފި

ހއ އަތޮޅުގެ އާންމު ހިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިން އެއް ހިންގައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ޑިސެމްބަރު މަހު 16 އިން 24 އަށް ކުރިއަށް ގެންދިޔަ އެ ޓުރެއިނިންގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ހިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތަކައް އެހީތެރިވެދިނުމެވެ.

ހއ އަތޮޅުގެ ހަތް ރަށަކުން 66 މީހުން ބައިވެރިވި އެ ޓްރެއިނިން ނިންމުމުގެ ގޮތުން ހއ ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ދެއްވީ ހއ އަތޮޅު ކައުންސިލްގެ ރައީސާއި، ރަށު ކައުންސިލްގެ ނައީބް ރައީސާ، އަދި މިނިސްޓްރީގެ ޕާރމެނަންޓް ސެކެޓްރީކަމަށް ގެންޑާ މިނިސްޓްރީއިން ބުނެއެވެ.

ކޯހުން ހާއްސަ ވަނަތަކަށް ދިޔަ މީހުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ޖެންޑާ މިންޓަރު ޒެނީޝާ ޝަހީދު ޒަކީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށާއި، އެކި ދާއިރާތަކުގެ ޝާމިލުވާ މިނިވަރު އިތުރުކުރުމަތްޓަކައު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމުމަށް މިނިސްޓްރީން ގަސްތުކުރާމަށެވެ. އަދި މުސްތަގުބަލުގައި އެ ދާއިރާ ކުރިއެރުވުމަށް އަތޮޅު ފެންވަރުގައި އެކި މަސައްކަތްތައް ފަށައި ހިންގުމުގައި ކޯހުގެ ބައިވެރިންގެ ފަރާތުން އިސް ދައުރެއް ފެނިގެންދާނެކަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅޫވިއެވެ.

އޭގެ އިތުރުން، ސައިން ލޭންގުއޭޖް ދަސްކުރުމަށް ގިނަ ފަރާތްތަކަށް ހިއްވަރު ދެއްވުމަށް ވެސް ކޯހުގެ ބައިވެރިންގެ ފަރާތުން އެކަމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހއ އަތޮޅު ކައުންސިލާއި ހއ ދިއްދޫ ރަށު ކައުންސިލްގެ އެހީތެރިކަމާ އެކު މިނިސްޓްރީން ހިންގި އެ ޓުރޭނިންގައި، އިހަވަންދޫ ކެލާ، ހޯރަފުށި، މުރައިދޫ، ބާރަށް، އުލިގަމު އަދި ދިއްދޫއިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި، އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާތަކާއި، ފެމިލީ އެންޑް ޗިލްޑުރަން ސާވިސް ސެންޓަރާއި، ހއ ދިއްދޫ މެޖިސްޓްރޭޓް ކޯޓާއި، ހއ އަތޮޅ ހޮސްޕިޓަލާއި، ހއ ތައުލީމީ މަރުކަޒާއި، ޕޮލިސް ސްޓޭޝަނާއި، ފެނަކަ ރީޖަނަލް އޮފީސް ދިއްދޫ ބުރާންޗް، އަދި ބޭންކު އޮފް މޯލްޑިވްސް ހިމެނޭކަށެވެ.

ޖެންޑާ މިންޓްރީން ބުނީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން މިއަހަރު ތެރޭގައި ބޭސިކް ސައިން ލެންގުއެޖް ޓްރޭނިން ހަތަރު ކޯހެއް ހިންގައި، 180 އަށް ވުރެ ގިން މީހުން ތަމުރީނުކޮށްފައިވާ ކަމަށެވެ.
ހިޔާލު