Anna Season Ah Thayyaruvumah New Radiant Thailand Gai Camp Kuranee
image
ނިއު ރޭޑިއަންޓު އުރީދޫ ދިވެހި ޕްރިމިއާ ލީގު 2017 ކާމިޔާބުކޮށް ޝީލްޑް އުފުލާލަނީ ފޮޓޯ:---
0 ކޮމެންޓް
 

އަންނަ ސީޒަނަށް ތައްޔާރުވުމަށް ނިއު ތައިލެންޑަށް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ތައިލެންޑުގައި ކޭމްޕް ކުރުމަށް ދިވެހި ޗެމްޕިއަން ނިއު ރޭޑިއަންޓުން ނިންމައިފިއެވެ.
ފެބްރުއަރީ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ނިއު ތައިލެންޑްގައި ކޭމްޕް ކުރުމަށް ނިންމީ މާޗު މަހު ފަށާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށެވެ. މި ފަހަރުގެ ކޭމްޕްގައި ތައިލެންޑްގައި ޖުމުލަ ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ތައިލެންޑް ފުރަތަމަ ޑިވިޝަނުގެ ދެ ޓީމު ވެސް ހިމެނޭ ކަމަށެވެ.

މި ސިޒަނުގައި ލީގާއި އެފްއޭކަޕްގެ އިތުރުން ޕްރެސިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށް ދިވެހި ފުޓްބޯޅައިގެ "ކިންގް" ގެ ގޮތުގައި ސީޒަން ނިންމާލި ނިއު ރޭޑިއަންޓުން އަންނަ ސީޒަނުގައި ވެސް ކާމިޔާބީ ތަކުރާރުކުރުމަށް ތައްޔާރުވަމުން އަންނަ އިރު އެޓީމުން ވަނީ ޓްރާންސްފާގައި ދާދިފަހުން ކުޅުންތެރިޔެއްގެ ސޮއި ހޯދާ ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފައެވެ. ނިއުއާ ކުރިއަށް އޮތް ސީޒަނަށް އަލަށް ގުޅުނު ކުޅުންތެރިންނަކީ މާޒިޔާއިން ބަދަލުވި މުޙައްމަދު އުމެއިރުއާއި، ވެލެންސިޔާއިން ބަދަލުވި ހިސާން ސަލީމެވެ.
ހިޔާލު