Coca Cola In World Cup Thashi Raajje Gen nany
image
ތަށި ރާއްޖެއަށް ގެންނަކަން އިއުލާނުކުރުމަށް ބޭއްވި ހަފްލާ-- ފައިލް ފޮޓޯ
1 ކޮމެންޓް
 

ކޮކާކޯލާއިން ވޯލްޑް ކަޕް ތަށި ރާއްޖެ ގެންނަނީ އަންނަ މަހުގެ 24 ގައި

ފީފާ ވޯލްޑް ކަޕްގެ ތަށި އަންނަ މަހުގެ 24 ވަނަ ދުވަހު ރާއްޖެ ގެންނާނެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ބުނެފިއެވެ.
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ ތަށި ދުނިޔޭގެ 50 ގައުމަކަށް ގެންދިއުމަށް ފީފާއިން ފަށާފައިވާ ދަތުރުގައި އެތަށި ދެވަނަ މަންޒިލަކީ ރާއްޖެއެވެ. ކޮކާކޯލާ އާއި ގުޅިގެން ކުރިއަށްގެންދާ "ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއަރ"ފެ ދަށުން އެތަށި ރާއްޖޭގައި ދެ ދުވަހު ހުންނާނެއެވެ.

ތަށި ރާއްޖެއަށް ގެންނަކަން އިއުލާނުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހު 24 ވަނަ ދުވަހު ފީފާ ޓްރޮފީ ދިވެހި " ފަސްގަނޑުގައި" ޖެހިގެންދާނެކަމަށެވެ. އަދި އެއާއެކު 25 ވަނަ ދުވަހު ބައެއް ކަހަލަ ހަރަކާތްތައް އާންމުންނާއެކު ކުރިއްދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ކަޕްގެ ތަށި ދިވެހި ފަސްގަނޑަށް ގެންނަން ތައްޔާރުވަމުންދާއިރު މިއީ މި ތަށި ދިވެހި ރާއްޖެ ގެންނަ ފުރަތަމަ ފަހަރުވެސް މެއެވެ. މިފަހަރުގެ ޓްރޮފީ ޓްއާ ސްޕޮންސާ ކޮށްފައިވަނީ ކޮކާކޯލާ އިންނެވެ.

ފީފާ ވޯލްޑް ކަޕްގެ ތަށި ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސް ޔާމީން ދެއްވި ހިޔާލުފުޅުން ކަމަށާއި އެހާހިސާބުން ފެށިގެން ކޮކާކޯލާ އާއި އެކު މަސައްކަތް ފެށިކަމަށް ބައްސާމު ވިދާޅުވިއެވެ.

މިފަހަރު ވޯލްޑް ކަޕް ޓްރޮފީ ގެންދިއުމަށް ޝެޑިއުލް ކުރެވިފައިވާ ސިޓީތަކުގެ ތެރޭގައި އަވަށްޓެރި ސްރީ ލަންކާގެ ކޮލަމްބޯ އާއި ތައިލެންޑުގެ ޕުކެޓާއި ޕާކިސްތާނުގެ ލާހޫރާއި ފަލަސްތީނުގެ ރާމަﷲ އާއި ޔޫއޭއީގެ ޑުބާއީ އާއި ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި ކޭޕް ޓައުން ހިމެނެ އެވެ.

އޭގެ އިތުރުން އަޒަރްބައިޖާންގެ ބަކޫ އާއި ޖޯޑަންގެ އައްމާން، ކެންޔާގެ ނައިރޯބީ، ޗައިނާގެ ދެ ސިޓީ އަކާއި ޖަޕާނުގެ ދެ ސިޓީ ހިމެނެ އެވެ. އެ ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ ސްރީލަންކާއިންނެވެ.
ހިޔާލު

އަހަންމާބެ

މަށަށް ފެންނަނީ ރާއްޖެއަށް ތަށި އެރުވުމުގެ ފީއެއްގެ ގޮތުން ދާދިފަހުން އެފް.އޭ.އެމް ޖޫރިމަނާކުރި ޢަދަދު ފީފާއިން އަތުލަން، އަދި އަތުލާފަ ތަށި ގެންނަ މީހުންގެ ޙަވާލުގައި ފީފާއަށް އެފައިސާކޮޅު ރައްދުކުރަން.