Coral Speed Ukulhas Youth Cup 2017 Football Mubarai Coral FC Inn Kaamiyabu koffi
image
ކޮރަލް ސްޕީޑް އުކުޅަސް ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމު ފޮޓޯ:---
0 ކޮމެންޓް
 

ކޮރަލް ސްޕީޑް އުކުޅަސް ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތް ކޮރަލް އެފްސީން ކާމިޔާބުކޮށްފި

ކޮރަލް ސްޕީޑް އުކުޅަސް ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތް ކޮރަލް އެފްސީން ކާމިޔާބުކޮށްފިއެވެ.
އުކުޅަހު ކައުންސިލާއި، ނިލަންދޫ ޔަންގް ޖެނެރޭޝަން ގުޅިގެން ގްލޯރިޔަސް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން 15 ޑިސެމްބަރ އިން 27 ޑިސެމްބަރ 2017 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ ކޮރަލް ސްޕީޑް އުކުޅަސް ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތް ކޮރަލް އެފް ސީ އިން ކާމިޔާބުކުރީ ފައިނަލްގައި ބްރަދާސް އެފް ސީ އާއި ކުޅުނު މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮރަލް އެފްސީގެ ހުސެއިން ޝާމިލް ހަސަން އެވެ.މި މުބާރާތުގައި ޖުމްލަ 7 ޓީމް ވާދަކޮއްފައިވާއިރު މި މުބާރާތަކީ މި ޖަމްޢިއްޔާގެ ފަރާތުން މިނަމުގައި ކުރިޔަށްގެންދިޔަ 15 ވަނަ މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ " ކޮރަލް ސްޕީޑް " އެވެ. ކޯ ސްޕޮންސަރުންނަކީ، ވިޒިޓް އުކުޅަސް، ބީޗްވިލާ އުކުޅަސް، އުކުޅަސް އިން، ނިލަންދޫ ޔަންގް ޖެނެރޭޝަން، މޫދު އިން، އައިލޭންޑް ވިސްޓާ އިން، ޕަގުރޯ މޯލްޑިވްސް، ރެޓްރޯ ރޯޔަލް އަދި ގައިއާ ސަން ރައިސް އެވެ.މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ : ޝަންމޫނު އަޙުމަދު / ބްރަދާސް އެފްސީ

މުބާރާތުގެ އެންމެ މޮޅު ކީޕަރ : އާޒިމް ރަޝީދު / ރުއްގުޅި

މުބާރާތުގެ އެންމެ މޮޅު ޑިފެންސް : ޝަންމޫނު އަޙުމަދު / ބްރަދާސް އެފްސީ

މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރ : ހުސެއިން ޝާމިލް ހަސަން / ކޮރަލް އެފްސީ

މުބާރާތުގެ އެންމެ މޮޅު ސްޓްރައިކަރ : އިސްމާއިލް ވަޖީހް / ރުއްގުޅި

މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ : މުހައްމަދު ރިފްޝާން / ސްޓްރައިކާސް

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ : އިބްރާހިމް ނަބީލް / އެއިޓީން ޕްލަސް

މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިޔާ : ހުސެއިން މައުސޫމް / ރުއްގުޅި

މުބާރާތުގެ އެންމެ މޮޅު ކޯޗް : ނާފިޒް މުހައްމަދު / ކޮރަލް އެފްސީ

މުބާރާތުގެ ފެއަރ ޕްލޭ ޓީމް : ކޮރަލް އެފްސީކާމިޔާބުކަމާއި އެކު މުބާރާތް ރާވާ އިންތިޒާމު ކުރުމުގައި ރަސްދޫ ޕްލިސް ސްޓޭޝަނާއި، އުކުޅަހު ކައުންސިލަށާއި، ހުރިހާ ސްޕޮންސަރުންގެ ފަރާތުން ލިބިގެން ދިޔަ ފުރިހަމަ އެއްބާރުލުން ފާހަނގަކޮށް، މުބާރާތް އިންތިޒާމުކުރި ގްލޯރިޔަސް ސްޕޯޓްސް ކުލަބުގެ ފަރާތުން ވަނީ އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ހިޔާލު