Amilla Kunfunnakun MIRA ah 2 Lakka ah Vure Gina Ruffiya Dhahkan Jehihje
image
މީރާ-ފައިލް ފޮޓޯ
1 ކޮމެންޓް
 

އަމިއްލަ ކުންފުންޏަކުން މީރާއަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އަލްފާ އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި އިއްޔެގެ ނިޔަލަށް އަލްފާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ 289،952 ރުފިޔާއަކީ އަރަމުންދާ ޖޫރިމަނާއާއިއެކު އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހޭ 289،952 ރުފިޔާ އަރަމުންދާ ޖޫރިމަނާއާއެކު އިއްޔެއިން ފެށިގެން މީލާދީ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

ޖީއެސްޓީ ނުދައްކާ ނުވަ ފަރާތެއްގެ މައްޗަށް ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް މިމަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހިޔާލު

ގުނބޯ

މިލިޔަނުން އަރާބޮޑަތި ކުންފުނިތަކުގެ ނަމެއްހާމަ ނުކުރާނެ. އެއީ ސިއްރެއް