Meehun Govaigen Dhanikoh Engine Hutti haalugai Jehunu Dhoanyeh Salaamai Koffi
image
އިންޖީނު ހުއްޓުނު ދޯނި-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

މީހުން ގޮވައިގެން ދަނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯންޏެއް ސަލާމަތްކޮށްފި

ތިރީސް މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެހާދިސާގެ މައުލޫމާތު ރޭ 00:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންއަށް ލިބުމާއެކު އެ އޭރިއާގެ ލޭންޑިން ކްރާފްޓް ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އެހާދިސާގައި ހއ. ދޮނަކުޅިކައިރިއަށް އިންޖީނު ހުއްޓިފައި ވަނީ ހއ. އިހަވަންދޫއިން އުތީމަށް ދަތުރު ކުރި ހއ. ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގެ "މޫނާ" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެ ދޯނިން 15 އަންހެނުންނާއި ފަސް ކުޑަކުދިންނާއި 10 ފިރިހެނުންނާއެކު ޖުމްލަ 30 މީހުން ދަތުރު ކުރިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނިން ދަތުރުކުރި މީހުން ވަނީ ރޭ 00:55 ހާއިރު ހއ. އުތީމަށް ގެންގޮސްފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށާއި އެ ދޯނި ރިސޯޓަށް ގެންދިއުމުގެ މަސައްކަތް އެ ރިސޯޓްގެ ފަރާތުން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ހިޔާލު