ZamZam Valhu Maraamaathu Kurumuge 36 Percent Ninmaalaifi
image
0 ކޮމެންޓް
 

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ 36 އިންސައްތަ ނިންމާލައިފި

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތުގެ 36 އިންސައްތަ ނިމިއްޖެއެވެ.
ސައުދީ އަރަބިއްޔާއިން ހާމަކުރި ގޮތުގައި ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ރޯދަ މަހަށް ނިންމާލެވޭނެއެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ޒަމްޒަމް ވަޅަށް ދެވޭ ގޮތަށް ފަސް-ސާވިސް ބްރިޖް އިމާރާތްކުރުން ހިމެނެއެވެ. ބްރިޖްގެ ފުޅާމިނުގައި އަށް މީޓަރު ހުންނައިރު ދިގު މިނުގައި 120 މީޓަރު ހުންނާނެއެވެ.

މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ޒަމްޒަމް ވަޅު ހިމެނޭ ސަރަހައްދުގައި ހުރި ކޮންކްރީޓުގެ ބައިތަކާއި ދަގަނޑުތައް ނަގާ އެ ހިސާބުގައި އެއްވެސް ބާވަތެއްގެ ޖަރާސީމެއް އަށަނުގަތުމަށް ސްޓެރިލައިޒް ހުރުން ހިމެނެ އެވެ.

ޒަމްޒަމް ވަޅުން ސިކުންތަކު 18.5 ލީޓަރުގެ ފެން ޕަންޕް ކުރެ އެވެ. ވަޅުގެ ފުން މިނަކީ 30 މީޓަރެވެ.
ހިޔާލު