2017: Rohingya Muslimun nah aniyaaveri ahareh
image
2017: ރޮހިންޔާ މުސްލިމުންނަށް އަނިޔާވެރި އަހަރެއް
0 ކޮމެންޓް
 

2017: ރޮހިންޔާ މުސްލިމުންނަށް އަނިޔާވެރި އަހަރެއް

ނިމިގެން މިދާ 2017 ވަނަ އަހަރު ބޭރު ދުނިޔެއިން އެންމެ ސަމާލުކަން ލިބުނު އެއް ހަބަރަކީ މިޔަންމާގެ މުސްލިމުންގެ ވާހަކައެވެ. ހާއްސަކޮށް މުސްލިމް ޤައުމުތަކުގެ ރައްޔިތުންނަށް މިޔަންމާގެ ހޮޔިންޔާ މުސްލިމުންގެ ހާލަތު ފެނި 2017 ވަނަ އަހަރުވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންޔާ އަސްކަރިއްޔާއާއި ހައްދު ފަހަނަ އަޅާފައިވާ ބުޑިސްޓުން ހަމަލާތައް ދެމުން ގެންދާތައް އެތައް އަހަރެއް ވެއްޖެއެވެ. އެހަމަލާ ތަކުގައި އެތައްހާސް ރޮހިންޔާ މުސްލިމުންނެއް މަރާލާފައިވާއިރު މުސްލިމުންގެ ގެދޮރުވަނީ އަލިފާންޖަހާ އަންދާލާފައެވެ. އަދި މުސްލިމުންގެ މުދާތައްދަނީ ސުންނާފަތި ކުރަމުންނެވެ.

2017 ވަނަ އަހަރަކީ މިޔަންމާގެ ހައްދުފަހަނަ އަޅާފައިވާ އަސްކަރިއްޔާއާއި ބުޑިސްޓުންގެ ލާއިންސާނީ އަނިޔާވެރި އަމަލުތައް އިތުރު ވެގެން ދިޔަ އަހަރެކެވެ. މިޔަންމާ ސަރުކާރާއި މުޑިސްޓުން ގަބޫލުކުރާ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ މިޔަންމާ ބައެއް ނޫނެވެ. އަނިޔާތައް ދިނުމަށް އެމީހުން ބޭނުންކުރާ އުޒުރަކީވެސް އެއީ މިޔަންމާ މީހުން ނޫންކަމަށްބުނެއެވެ. މިޔަންމާ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ އަވަށްޓެރި ބަނގުލަދޭޝްއިން މިޔަންމާއަށް ހިޖުރަކޮށްފައިވާ ބައެކެވެ. ނަމަވެސް މިކަމުގެ ހަގީގަތަކީ ކޮބައިތޯއެވެ؟

މިޔަންމާ ހޮހިންޔާ މުސްލިމުން މިޔަންމާގެ ރާކިން ސްޓޭޓްގައި ދިރިއުޅެމުން ގެންދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އެގޮތުން މީލާދީން 12 ވަނަ ގަރުނުގައިވެސް ރާކިން ސްޓޭޓަކީ މިޔަންމާ މުސްލިމުންގެ ސަރަހައްދެއްކަން ތާރީހީ ދިރާސާތަކުން ދައްކައެވެ.

އިނގިރޭސިން އިންޑިއާ އިސްތިއުމާރު ކޮށްގެން އުޅުނު އިރު މިޔަންމާއާއި ބަންގާޅަކީވެސް އިންޑިއާގެ ބައެކެވެ. އަދި މިޔަންމާގެ ރާކިން ސްޓޭޓަކީ ބަނގުލަދޭޝްގެ އައްސޭރި ފަށާއި ގާތުގައި އޮންނަ ސަރަހައްދެކެވެ. ކުރިންވެސް ދެންނެވި ފަދައިން އިނގިރޭސިންގެ އިސްތިއުމާރުގެ ކުރިން މި ސަރަހައްދަކީ އިންޑިއާގެ ބައެކެވެ. އެއީ މިޔަންމާއާއި ބަނގުލަދޭޝްވެސް ހިމެނޭ ގޮތުންނެވެ.

ނަތީޖާއެއްގެ ގޮތުން އެއް ގައުމެއްގެ މީހުން އެއްރަށުން އަނެއް ރަށަށް ހިދުޖަރުރާ ބީދައިން ބަނގުލަދޭޝްގެ ބައެއް މުސްލިމުންވެސް ރާކިން ސްޓޭޓަށް އަދި ރާކިން ސްޓޭޓްގެ ބައެއް މުސްލިމުންވެސް ބަނގުލަދޭޝްގެ އެކި ސަރަހައްދަށް ހިޖުރަ ކޮށްފައި ވެއެވެ.

ނަމަވެސް 1948 ވަނަ އަހަރު އިންގިރޭސިންގެ އިސްތިއުމާރު ނިމިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ބަރުމާގެ ނަމުގައި މިހާރުގެ މިޔަންމާ އުފަންވިއެވެ. އަދި ބަނގުލަދޭޝްވެސް އުފަންވުމަށް މެދުވެރިވީ އިނގިރޭސިންގެ އިސްތިއުމާރު ނިމުމުންނެވެ. ބަނގުލަދޭޝްއާއި މިޔަންމާގެ ބޯޑަރު ކުރަހާ ނިމުނު އިރު ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދާ ރާކިން ސްޓޭޓް ދިޔައީ އޭރުގެ ބަރުމާ ނުވަތަ މިހާރުގެ މިޔަންމާގެ ދަށަށެވެ.

ނަމަވެސް ރާކިން ސްޓޭޓްގެ ރޮހިންޔާ މުސްލިމުންނަކީ ބަރުމާގެ ރަށްވެހިންކަމަށް ބަލައި ގަތުމަށް އޭރުގެ ބަރުމާއަދި މިހާރުގެ މިޔަންމާއިން ދެކޮޅު ހެދިއެވެ. ހަމަ އެއާއި އެކު އަދިއަދަށް ދާންދެންވެސް ރޮހިންޔާ މުސްލިމުންނަށް މިޔަންމާގެ ރަށްވެރިކަން ދީފައެއް ނުވެއެވެ.

ބުޑިސްޓުންގެ ނުފޫޒު ގަދަ މިޔަންމާ ސަރުކާރުން ޒަމާނުއްސުރެ މަސައްކަތް ކުރަމުންދަނީ ރޮހިންޔާ މުސްލިމުން އެމީހުނމްގެ ވަޒަނުން ނެރެލާށެވެ. އަދި ރޮހިންޔާ މުސްލިމުންގެ ނަސްލު ނެތިކޮށްލާށެވެ.

ނަތީޖާއެއްގެ ގޮތުން 1970 ވަނަ އަހަރުން ފެށިގެން ފާއިރުވި ދުވަސް ތަކުގައި މިޔަންމާގެ އަސްކަރިއްޔާ އިސްވެ އޮވެ ރޮހިންޔާ މުސްލިމުންނަށް ސިލްސިލާ ހަމަލާތައްދީ ގަތުލު އާއްމުތައްދަނީ ހިންގަމުންނެވެ.

2017 ވަނަ އަހަރު ނިމިގެން ދާއިރު 2017 ވަނަ އަހަރަކީވެސް ރޮހިންޔާ މުސްލިމުންނަށް މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަހަރެކެވެ. މިޔަންމާ މުސްލިމުންގެ މަރާ ގެދޮރުގައި އަލިފާން ޖަހާ އަންހެނުންނާއި ކުޑަކުދިންގެ އިއްފަތް ފޭރުމުގައި 2017 ވަނަ އަހަރު މިޔަންމާގެ ބުޑިސްޓުންނާއި އަސްކަރިއްޔާއިންވަނީ އިންތިހާއަށް ހައްދު ފަހަނަ އަޅާފައެވެ.

މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ޔަތީމްވެފައިވާ އެތައް ކުޑަކުރިންނާއި އެތައް ހާސް ރޮހިންޔާ މުސްލިމުންނެއް ރާކިން ސްޓޭޓުން ނިކުމެ އަވަށްޓެރި ޤައުމުތަކަށްވަނީ ހިޖުރަ ކޮށްފައެވެ. އަވަށްޓެރި ޤައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންގެ އަދަދު މިހާރު ގުނެނީ މިލިއަނުންނެވެ.
ހިޔާލު