2017 - Raudha ge Maru
image
ރައުދާ
0 ކޮމެންޓް
 

2017: ރައުދާ އާތިފްގެ މަރު

ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.
އެހާދިސާއާއި ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ.

އޭރު ރައުދާ ކިޔަވަމުން ދިޔައީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި އެމްބީބީއެސްއަށް ކިޔަވަމުންނެވެ. އުމުރުން 20 އަހަރުގެ ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާއާއެކު އެއް ކުލާހެއްގައި ކިޔަވާ ދަރިވަރުން ރައުދާ ހޯދުމަށް ކޮޓަރިއަށް ދިއުމުންނެވެ.

ރައުދާ މަރުވެފައި ހުއްޓާ ފެނުނީ ހޮސްޓެލްގެ ކޮޓަރި ނަންބަރު 209 އިން ބަންގްލަދޭޝް ގަޑިން މާޗްމަހުގެ 29 ވަނަ ދުވަހުގެ 12:30 ހާއިރުއެވެ.

ރައުދާގެ މަރުގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް ބަންގްލަދޭޝަށް ދިޔައެވެ.

ރައުދާ މަރުގެ ހުލާސާއެއް

މާޗް 31

ރައުދާގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ އާއިލާއިން ދެކޮޅު ހަދާ ކަމަށް ބުނެ ދައްކާ ވާހަކަ ދިވެހި ފުލުހުން ވަނީ ދޮގުކޮށްފައެވެ.

އެޕްރީލް 1

ރައުދާގެ ޕޯސްޓްމޯޓަމް ހަދައި، އޭނާގެ ހަށިގަނޑު ވަޅުލިއެވެ.

އެޕްރީލް 2

ރައުދާ މަރުވީ "ދަންޖެހިގެން" ކަމަށް އޮޓޯޕްސީ ރިޕޯޓުން ދެއްކި ނަމަވެސް އެ ރިޕޯޓު ގަބޫލުކުރަން އާއިލާއިން ދެކޮޅު ހެދިއެވެ.

އެޕްރީލް 3

ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ދިވެހި ފުލުހުންގެ ޓީމެއް ބަންގްލަދޭޝްއަށް ފުރިއެވެ.

އެޕްރީލް 4

ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން 50 ޕަސެންޓް ފުރުސަތު އެބަ އޮތް ކަމަށް ދިވެހި ފުލުހުން ބުންޏެވެ.

އެޕްރީލް 6

ރައުދާގެ ފޯނުން މުހިންމު މައުލޫމާތު ތަކެއް ވަނީ ލިބިފަ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.

ރައުދާގެ މަރުގެ މައްސަލާގައި ކުރަމުުންދާ ތަހުގީގުގައި ބަންގްލަދޭޝްގެ ސީއައިޑީން ވަނީ ރައުދާގެ ގަބުރު ނެގުމުގެ ހުއްދައަކަށް އެދިފައެވެ. އެ ހުއްދައަށް އެދުނީ އިތުރު އޮޓޮޕްސީއެއް ހެދުމަށެވެ.

އެޕްރީލް 18

ރައުދާގެ ގަބުރު ނެގުމުގެ ހުއްދަ ބަންގްލަދޭޝްގެ ކޯޓުން ދީނެވެ.

އެޕްރީލް 24

ދެވަނަ އޮޓޮޕްސީ ހެދުމަށް ރައުދާގެ ހަށިގަނޑު ނަގިއެވެ.

އެޕްރީލް 25

ދެވަނަ އޮޓޮޕްސީން ރައުދާގެ މަރާ މެދު ވަކި ގޮތެއް ނުނިމޭ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކުރިއެވެ.

އޮކްޓޫބަރު 18

ރައުދާ ދަންޖެހުނީ ލޯބިވެރިޔާއާ މައްސަލަ ޖެހިގެން ކަމަށް ކަނޑައަޅައި ބަންގްލަދޭޝްގެ ފުލުހުން ތަހުގީގު ނިންމާލިއެވެ.
ހިޔާލު