2017 - Dhanjehigen Meehun Maruvun
image
1 ކޮމެންޓް
 

2017 - ދަންޖެހިގެން މީހުން މަރުވުން

މާރާމާރީތަކާއި ގޮތް ނޭނގޭ މަރުތައް ހިނގި އަހަރެއްގެ ގޮތުގައި މިދިޔަ އަހަރު ފާހަގަ ކުރެވޭއިރު މިދިޔަ އަހަރަކީ ދަންޖެހުމުގެ ހާދިސާތައްވެސް ގިނަ އަހަރެކެވެ.
އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދެ ހާދިސާއެއް ވެއެވެ. އެއީ މޮޑެލް ރައުދާ އާތިފްގެ މަރާއި ބަންގްލަދޭޝްގައި މަރުވި ދިވެހި ފުލުސް މީހާގެ މަރެވެ.

އެޕްރީލް 18

އިންޑިއާގެ ދިއްލީގައި މާސްޓަސް ހަދަމުން ދިޔަ ދިވެހި ފުލުހަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

ވިއެފްޕީއަށް އެނގިފައިވާ ގޮތުގައި މަރުވެފައި ހުއްޓާ ފެނިފައިވަނީ ޗީފް ސްޓޭޝަން އިނިސްޕެކްޓަ އަހުމަދު ބިލާލުއެވެ.

ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ދަން ޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހު އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީއާއި ގުޅުނު ދިވެހި ފުލުހުންގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަރެކެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ޑިޕާޓުމެންޓުގައި މަސައްކަތް ކުރާ އެ ފުލުސް މީހާ ދަންޖެހިގެން މަރުވި އިރު އޭނާ ދިޔައީ ފޮރެންސިކް ސައިންސްގެ ދާއިރާއިން މާސްޓަސްއަށް ކިޔަވަމުންނެވެ.

އޭގެ އިތުރުން ދަންޖެހިގެން މީހުން މަރުވި ބައެއް ހާދިސާތަކަކީ

ޖެނުއަރީ 24

ރާއްޖޭގައި ދިރިއުޅޭ ލަންކާ މީހަކު ދަންޖެހިގެން ވަނީ މަރުވެފައެވެ.

އޭނާ ދަންޖެހިގެން މަރުވެފައިވަނީ ހެންވޭރު ގެއެއްގެ ތެރޭގައެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ އެދުވަހުގެ އިރުއޮއްސި 6:00 ހާއިރުއެވެ. ދަންޖެހިގެން މަރުވީ އުމުރުން 21 އަހަރުގެ ލަންކާ ފިރިހެނެކެވެ.

އެޕްރީލް 7

އެޕްރީލް މަހުގެ ހަތްވަނަ ދުވަހުވެސް ޒުވާނަކު ވަނީ ދަންޖެހިގެން މަރުވެފައެވެ. ހދ. ކުޅުދުއްފުށީގައި ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރީގައެވެ.

ޖޫން 2

ގއ. ދާންދޫ ގެއެއްގެ ފާހާނާއެއް ތެރޭގައި މީހަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ އިރު އޮއްސުނުއިރުއެވެ. ދަންޖެހިފައި ހުއްޓާ ފެނުނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.

އޮގަސްޓް 14

މާލޭގެ ގެއެއްގައި ބިދޭސީއަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.

ބިދޭސީ މީހާ ދަންޖެހިފައި ހުއްޓާ ފެނުނީ ފަރީދީމަގުގައި ހުރި ގެއަކުންނެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ 13:38 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު

މަ

މައުލޫމާތު ރަންގަލައް ޗެކްކޯއްލާ!