Adeeb Dhauvaa Kuraa Massala Nubeleyne Kamah Kanda Alhan Edhijje
image
އަދީބު މިއަދު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫއަށް ގެންދަނީ---ފޮޓޯ:ރާއްޖެއެމްވީ
1 ކޮމެންޓް
 

އަދީބު ދައުވާ ކުރާ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅަން އެދިއްޖެ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭހަށް ދިއުމުގެ ހުއްދަ ދިނުމަށް އަމުރުކޮށް ދިނުމަށް އެދި ކުރާ ދައުވާ ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދިއްޖެއެވެ.
ދައުލަތުން އެގޮތަށް އެދިފައިވަނީ އަދީބު ކަރެކްޝަނާއި ފުލުހުންގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުން ބާއްވާފައިވަނީ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުގައި މައްސަލަ ހައްލު ކުރަން ބޭނުން ނުވުމުން ޝަރީއަތަށް މައްސަލަ ފޮނުވައި މައްސަލައިގެ ލިޔެ ކިއުންތައް ބަދަލު ކުރުމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މައްސަލާގައި އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް ކަރެކްޝަނަލް ސާވިސްއާއި ފުލުހުންނާއި ހޯމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށާއި ބޭރަށް ފުރެންދެން އަދީބު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އަމުރުކޮށް ދިނުމަށް ވެސް އެދިފައިވެއެވެ.

އަދީބުގެ ހަށިގަނޑުގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ބުނެ އާއިލައިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސަރުކާރުން ވަނީ ބޭސްފަރުވާއަށް އަދީބު ފޮނުވާލުމަކީ ފިލަން ފުރުސަތު ދިނުން ކަމަށާއި އެ ފުރުސަތު ދެވޭނީ އަދީބު ނެންގެވި ފައިސާތައް އަނބުރާ ދިނުމުން ކަމަށް ބުނަމުންނެވެ.

އަދީބު މިއަދު ކޯޓަށް ހާޒިރު ކުރި އިރު އޭނާގެ ބޯ ހުރީ ވަރަށް ތުނިކޮށެވެ. އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެފައިވާ ގޮތުގައި ސިއްހީ މައްސަލަތައް ކުރަިމތިވެ އުނދަގޫތަކެއް ކުރަިމަތިވާތީ އަދީބުގެ ބޯ މިދިޔަ ހަފުތާ ވަނީ ބާލާފައެވެ.

ހިޔާލު

އޯކޭ

މިހެން މަރުގެ އަދަބުދޭންތަ ސަރުކާރުން ވިސްނަނީ؟