Keeper Hassan Abdul Hakeem New Radiant Ah Soi Koffi
image
ހަސަން އަބްދުލް ހަކީމް ނިއުގެ އެސްޖީ ނިޔާޒްއާ އެކު ފޮޓޯ:---
0 ކޮމެންޓް
 

ކީޕަރު ހަސަން އަބްދުލް ހަކީމް ނިއު ރޭޑިއަންޓަށް ސޮއިކޮށްފި

އުމުރުން އެންމެ 16 އަހަރުގެ ޒުވާން ކީޕަރ، ހަސަން އަބްދުލް ހަކީމް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއި ކޮށްފިއެވެ.
ޒުވާން އުމުރެއްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ވަނީ ދާދިފަހުން ނިމިގެންދިޔަ ސިޔާމް-މައުރޫފް ކަޕުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދާފައެވެ. ނިއު އިން ބުނާ ގޮތުގައި މިލަންދޫއަށް ނިސްތްވާ މި ޒުވާން ކުޅުންތެރިޔާ ޓީމުގެ ތަޖުރިބާކާރު ކީޕަރ އިމްރާނާއި ފައިސަލްއާ އެކު ކުރިއަށް އޮތް ސީޒަނުގައި ސީނިއާ ޓީމުން ފެނިގެންދާނެވެ.

ދާދިފަހުން ނިއު ރޭޑިއަންޓުން ވަނީ ކްލަބަށް އީގަލްސްގެ ކުރީގެ ކެޕްޓަން، އިންމަ ވެސް ގެނެސްފައެވެ. އޭނާގެ އިތުރުން ނިއު އިން ވަނީ އާ ސީޒަނަށް މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރާއި ކްލަބް ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) ގެނެސްފަ އެވެ.

މީގެ އިތުރުން ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އާއި މޮންޓެނީގްރޯ ޑިފެންޑަރު ސްޓެވަން މާކޮވިޗުގެ ބަދަލުގައި އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެންނަން ވަނީ ހަމަޖެހިފަ އެވެ. އަދި ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ބަދަލުގައި ޔޫރަޕަށް ނިސްބަތްވާ ފޯވާޑެއް ގެންނަން އަންނަނީ މަސައްކަތްކުރަމުންނެވެ. އަލަށް ގެންނަ ތިން ކުޅުންތެރިންނާ އެކު އަންނަ ސީޒަނުގައި ނިއު އިން ދެން ފެންނާނެ ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ވެސް ކުޅުނު ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ އެވެ.

ނިއުރޭޑިއެންޓަކީ ވޭތުވެ ދިޔަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބެވެ. އެގޮތުން އެކުލަބުން ތިން މުބާރާތް ކާމިޔާބުކޮށްފައި ވާއިރު މިއަހަރުގެ ސީޒަން އަށް ތައްޔާރުވުމަށް އެޓީމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހިޔާލު