Buraasfathi Dhuvahuge Rey Idhikolhu Faraithakun Maamigiligai Jalsaaeh Baavvanee
image
މާމިގިލީ ބަނދަރު ސަރަހައްދު ޖަލްސާއަށް ތައްޔާރު ކުރަނީ---
0 ކޮމެންޓް
 

އިދިކޮޅު ފަރާތްތަކުން މާމިގިލީގައި ބޮޑު ޖަލްސާއެއް ބާއްވަނީ

ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން އދ.މާމިގިލީގައި ޖަލްސާއެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.
ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުގެ ޓީމެއް މިހާރު ދަނީ މާމިގިލީގައި ހަރަކާތްތެރިވަމުންނެވެ.

މާމިގިއްޔަކީ ޖޭޕީގެ ލީޑަރު ގާސިން އިބްރާހީމްގެ އުފަން ރަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ގާސިމް ތަމްސީލު ކުރައްވާ ދާއިރާ ވެސް މެއެވެ.

މާމިގިއްޔަކީ ޖޭޕީގެ ތާއީދު ބޮޑު ރަށެކެވެ.

މާމިގިލީ ބަނދަރު ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ އިރު މާމިގިލީގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވީއެފްޕީއަށް ވިދާޅުވީ އެ ޖަލްސާއަށް އދ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މާމިގިލީގައި ޖަލްސާއެއް ބާއްވާއިރު ރައީސް މައުމޫން ފިޔަވާ އިދިކޮޅު ހުރިހާ ލީޑަރުންނަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ. އިދިކޮޅު ހަރަކާތްތަކުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން އިސްކޮށް ހުންނެވި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފައެވެ.
ހިޔާލު