Anekkaaves PPM Viber Leakeh: Markeytu Golhithah Memberun Beynunvi Gothah!
image
ދަތުރުވެރިންގެ މާރުކޭޓު---
0 ކޮމެންޓް
 

އަނެއްކާ ވެސް ޕީޕީއެމް ވައިބަ ލީކެއް: މާރުކޭޓު ގޮޅިތައް މެންބަރުން ބޭނުންވި ގޮތަށް!

ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދިނުމުގައި ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަން ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ ތެރެއިން ގޮޅިތަކަށް އެދިލެއްވި މެންބަރުންގެ ދާއިރާތަކަށް ގޮޅިތައް ދެއްވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ދެއްވި ކަމަށް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވާ ޗެޓުލޮގުތަކެއް ލީކުކޮށްލައިފިއެވެ. muni
އިދިކޮޅު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދާ އެ ޗެޓު ލޮގަކީ ސައްހަ ޗެޓު ލޮގެއްކަން ޕީޕީއެމް ޕީޖީގައި މިހާރު ވެސް ތިއްބެވި ބައެއް މެންބަރުންވަނީ ވީއެފްޕީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގައި މިހާރު ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ އެއީ 2015 ވަނަ އަހަރު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ބެހިއިރު ގޮޅިތައް ބޭނުން ކަމަށް ވިދާޅުވި ބައެއް މެންބަރުންނަށް އެ މެންބަރުން ބޭނުންވާ މީހުންނަށް ގޮޅި ދޭނެ ކަމުގެ ޔަގީން ކަން ދެއްވުމުގެ ގޮތުން ނިހާން ދެއްވާފައިވާ މެސެޖެކެވެ.

ލީކުވެފައިވާ ޗެޓު ލޮގުގައި ނިހާން ވިދާޅުވެފައިވަނީ "ދަތުރުވެރިންގެ މާރުކޭޓަށް އެދިލެއްވި އެމްޕީންގެ ދާއިރާތަކުގެ މީހުންނަށް ހަމައަށް ގޮޅި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު އަޅުގަނޑަށް އަންގާފައިވޭ،" ކަމަށެވެ. އެއާއެކު ނިހާން ވަނީ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒަށާއި، ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާ ކުރައްވާފައެވެ.


ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ޗެޓުލޮގު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޓްވީޓު ކުރައްވާފައި---

މިހަބަރާއި ގުޅޭ ގޮތުން ނިހާންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު