Smart Phone Beynun Kuraa Meehun Samaaluvaan jehey Baeh Kanthathah!
image
ސްމާޓް ފޯން ގެންގުޅޭ މީހުން ސަމާލުވާން ޖެހޭ---
0 ކޮމެންޓް
 

ސްމާޓް ފޯން ގެންގުޅޭ މީހުން ސަމާލުވާން ޖެހޭ ބައެއް ކަންތައްތައް!

ސްމާޓް ފޯނު ބޭނުންކުރާއިރު ފޯނު ހަލާކުވެ ގެއްލުންވާ ފަދަ ކަންކަން ވަރަށް ގިނަ މީހުން ކުރެއެވެ. އެފަދަ ކަންކަން ގިނަފަހަރު ކުރެވެނީ ނޭގިއެެވެ. ފޯނު ގަންނަ އިރު ފޯނުގެ ބޭނުން ކުރަންވީ ގޮތުގެ އިރުޝާދުތައް ކަރުދާހެއްގައި ލިޔެފައި ހުންނަ ނަމަ ވެސް ގިނަ މީހުނަކަށް އެ އިރުޝާދުތަކަށް އަމަލު ނުކުރެއެވެ. dhi2
ތިރީގައި އެ ވަނީ ސްމާޓް ފޯނު އުފައްދާ ކުންފުނިތަކުން ފޯނު ބޭނުންކުރާއިިރު ސަމާލުވާންވީ ކަންތަކުގެ ތެރެއިން، އެކަންކަމަށް ގިނަ ބަޔަކު ސަމާލުކަން ނުދޭކަންތަކެވެ. އެކަންކަމަކީ ކޮންމެ ބްރޭންޑެއްގެ ފޯނެއް ބޭނުންކުރި ނަމަވެސް ސަމާލުވާންޖެހޭ ކަންތައްތަކެވެ. ގިނަ ދުވަހަށް ފޯނު ބޭނުން ކުރަން ބޭނުންވާނަމަ އެ ކަންކަމަށް ސަމާލުވާށެވެ.


1. އޮރިޖިނަލް ޗާޖަރު ނޫން އެހެން ޗާޖަރު ބޭނުން ކުރުން

ފޭކް ޗާޖަރަކީ މިހާރު ވަރަށް އާންމު އެއްޗެކެވެ. ފޭކް ޗާޖަރު ނޭގި ނަމަވެސް ވަރަށް ގިނަ މީހުންނަށް ބޭނުންކުރެވެއެވެ. އޮރިޖިނަލް ޗާޖަރު ހަލާކުވުމުން، އާ ޗާޖަރެއް ގަންނަ އިރު ގައި ގަންނަނީ އަގު ހެޔޮ ކޮލިޓީދަށް ޗާޖަރެވެ. އެކަހަލަ ޗާޖަރު ބޭނުން ކުރުމުގެ ސަބަބުން ފޯނު ބެޓްރީގެ މައްސަލަ ޖެހި ބައެއްފަހަރު ބެޓްރި ގޮވާ ކަހަލަ މައްސަލަތައް ކުރިމަތިވެދާނެއެވެ.


2. މަލްޓިޓާސްކިންގަ ހުންނަ އެޕްލިކޭޝަންތައް ކްލިއާ ކުރުން

މަލްޓިޓާސްކިންގައި ހުންނަ އެޕްސްތައް ކުލިއާ ކުރުމަކީ ބައެއް މީހުންގެ އާދައެކެވެ. މީހުންނަށް ހީވެފައި އޮންނަ ގޮތުގައި މަލްޓިޓާސްކިންގެ އެޕްލިކޭޝަން ތައް ކްލިއާ ކުރަނީ ފޯނުން ޗާޖްދާ ވަރު ކުޑަކުރުމަށްޓަކައެވެ. މަލްޓިޓާސްކިންގައި އެޕްތައް ހުންނަ އިރު އެ އެޕްތައް ހުންނަނީ އޮޓޯ އިން ޕައުސްވެފައެވެ. އެހެންނަމަވެސް ކުލިއާ ކުރުމުގެ ސަބަބުން އަލުން އެ އެޕް ހުޅުވާ އިރު އިތުރަށް ޗާޖްދެއެވެ.


3. މުޅި ރޭ އެއްކޮށް ޗާޖަށް ޖައްސާފައި ބޭއްވުން

ވަރަށް ގިނަ މީހުން ނިދުމުގެ ކުރިން ޗާޖަށް ޖެއްސުމަށްފަހު، ޗާޖުން ނައްޓަނީ އަނެއް ދުވަހު ހޭލައެވެ. އެހެން ހެދުމުގެ ސަބަބުން ފޯނުގެ މައްސަލަ ޖެހި ބެޓެރި ކުރުވާނެއެވެ. މުޅި ރޭ އެއްކޮށް ފޯނު ޗާޖަށް ޖެއްސުމަކީ ފޯނުގެ ބެޓެރި ހަލާކުވާނެ ކަމެކެވެ، ފޯނު 100 ޕަސެންޓު ޗާޖުވުމުން ފޯނު ޗާޖަރުން ނައްޓާލަން ޖެހޭނެއެވެ.

4. ގިނަދުވަސްވަންދެން ފޯނު ޗާޖް ނުކޮށް ބޭއްވުން

ފޯނު ޗާޖް ނުކޮށް ގިނަ ދުވަސް ވުމަކީ ވަރަށް މަދުންވާ ކަމެކެވެ. ބައެއް ފަހަރު އާ ފޯނެއް ގަނެފަ ބާ ފޯނު ބޭނުން ނުކުރެއެވެ. އެހެން ނަމަވެސް ޗާޖް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ބެޓެރި ހަލާކުވެ ދެން ފޯނު ހުޅުވާ އިރު ފޯނުގެ ޑިސްޕްލޭގައި މައްސަލަޖެހިފައި ހުރެދާނެއެވެ. އެންމެ ރަގަޅު ގޮތަކީ އާ ފޯނެއް އޮތް ނަމަވެސް ބާ ފޯނު ބޭނުން ކުރުމެވެ.
ހިޔާލު