Rohingya Muslimunthakeh Meri Kamah Myanmar in Furathama Faharah Ehbas Vejje
image
ރޮހިންޔާ މީހުން އުލެމުން ދިޔަ އަވަށެއްގައި ރޯކޮށްލާފައި---ފޮޓޯ:އޭއެފްޕީ
0 ކޮމެންޓް
 

ރޮހިންޔާ މުސްލިމުންތަކެއް މެރި ކަމަށް މިޔަންމާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ

ރޮހިންޔާ މުސްލިމުންތަކެއް މެރި ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.
މިޔަންމާގެ ސިފައިން ބުނެފައިވާ ގޮތުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގައި މުއާންގްޑޯގެ އަވަށެއް ކަމަށްވާ އިންޑިން ވިލެޖުގައި ރޮހިންޔާ 10 މީހަކު މަރާލުމުގައި ސިފައިންގެ ހަތަރު މީހަކު ބައިވެރިވެފައިވެއެވެ.

ސިފައިން ކުރި ތަހުގީގަކުން އެނގުނު ގޮތުގައި އެ ހަތަރު ސިފައިން ބައިވެރިވެފައިވަނީ ހިންދޫއިންނަށް އެ މީހުން މަރާލަން މަގުފަހިކޮށް ދިނުމުގައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ފެށި ޖަރީމާތަކުގައި އެތައް މުސްލިމުންނެއް މަރާ، މުސްލިމު އެތައް އަންހެނުންނެއްގެ އިއްފަތްތެރިކަން ވަނީ ފޭރިގެންފައެވެ.

މިޔަންމާ އަސްކަރިއްޔާއިން ވަނީ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމަށް ހިންދޫންނަށް މަގުހަފިކޮށްދީފައެވެ. އަދި މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާފައެވެ.

އަސްކަރިއްޔާގެ ލާއިންސާނީ އަމަލުތަކަށް ފިލުމަށް 650000 އެއްހާ ރޮހިންޔާ މީހުންވަނީ މިޔަންމާ ދޫކޮށް ގޮސްފައެވެ.
މިޔަންމާ
ހިޔާލު