Sihhee Dhaairaa Kuri Araanee 25 Bureege Hospitaleh Alhaigen Tha?
image
ދަރުމަވަންތަ ހޮސްޕިޓަލް --ފޮޓޯ ސޯޝަލް މީޑިއާ
2 ކޮމެންޓް
 

ދަރުމަވަންތަ ހޮސްޕިޓަލް --ފޮޓޯ ސޯޝަލް މީޑިއާ

ފަހަކަށް އައިސް އެންމެ ގިނައިން ދެކެވޭ ވާހަކަ ތަކުގެ ތެރޭގައި މާލޭގައި 25 ބުރީގެ ހޮސްޕިޓަލެއް ތަރައްގީކޮށް ނިންމާ ވާހަކަ އަޑުއިވެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުން ނަން ދީފައިވާ އެ ހޮސްޕިޓަލަކީ ސިއްހީދާއިރާ ކުރިއަރާނެ ހޮސްޕިޓަލެއް ކަމަށް ސަރުކާރުން ބުނެއެވެ. އެ ހޮސްޕިޓަލަކީ ރާއްޖެއަށް އަންނަ ތަރައްގީގެ ހެއްކެއްގޮތުގައި ސަރުކާރުނަ ސިފަ ކުރެއެވެ.
އެ އިމާރަތް އެޅުމަށްޓަކައި ދައުލަތުން ކުރަމުންދާ ހަރަދު އެތަށް މިލިއަނަށް އަރާއިރު ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތްތަކެއް އެތަނުން ލިބޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ އިން އެފަދަ ބޮޑު ހޮސްޕިޓަލެއް މާލޭގައި އަޅަނީ މިހާރު މާލެ ތޮއްޖެހިފައި އޮތްވަރު ކުޑަކަމުން ހެއްޔެވެ.

މިއަދު ދިވެހި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ނުފުއްދޭއިރު ރައްޔިތުންގެ އަތުން ހޯދާ ޓެކްސް ފައިސާ އިން 25 ބުރީގެ އިމާރާތަކުން ރައްޔިތުންނަށް މިހާރު ނުލިބޭ ސިއްހީ ހިދުމަތްތަކަށް ކުރިއެރުމެއް ނުލިބޭނެއެވެ.

ސަރުކާރުގެ ފަރާތުން ވާހަކަދައްކާ މީހުން ބުނާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުން ރާއްޖެ އިން ބޭރަށް ޑޮކްޓަަރަށް ދައްކަންދާންޖެހޭވަރު މަދުވާނެއެވެ. އެހެން ނަމަވެސް މާލޭ ގައި އެ ފެންވަރުގެ ހޮސްޕިޓަލެއް އަޅާ އިރުގައި އަތޮޅު ތެރޭގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ވެސް ވިސްނަންޖެހެއެވެ.

މި ސަރުކާރުން މާލެ ތޮއްޖެއްސުމުގެ ވިސްނުމެއް ގެންގުޅޭއިރު، ރާއްޖޭގެ ރަށްތަކުން ލިބެމުންދާ ސިއްހީ ހިދުމަތްތައް ދުވަހުން ދުވަހެއް ދަނީ އެތައް ގުނައަކަށް ދަށަށެވެ. ރާއްޖޭގެ ރަށްތަކުގެ އަތޮޅު ހޮސްޕިޓަލް ތަކުގާއި ސިއްހީ މަރުކަޒުތަކުގެ ހާލަތުވަނީ ފަރުވާއެއް ނުހޯދޭހާ ދަށަށް ގޮސްފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް ގާއިމު ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް ސިއްހީ ދާއިރާއަށް އެމަނިކުފާނު ވެފައިވާ ވައުދު ތޮޅިއަށްދާކަމުގެ ނިޝާންތައް ހަމައެކަނި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނަޒަރު ހިންގާލި ނަމަވެސް ފެނިގެންދާނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިންޑިއާގެ ނިމްސް ކުންފުންޏާ މިދިޔަ އަހަރުގައިި ހަވާލުކޮށް ހަމަސް ވި އިރުގައި ހޮސްޕިޓަލުގެ ހާލަތު ކުރިއަށް ވުރެ ދަށްވެފައިވާކަމަށް ހޮސްޕިޓަލުން ހިދުމަތްހޯދާ އެތައްބަަޔަކު ދަނީ ބުނަމުންނެވެ. ހޮސްޕިޓަލުގެ ހާލު އެހާ ދަށަށް ގޮސްފައިވާއިރު ސަރުކާރުން އެކަމާމެދު އެކަށޭނެ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނެތެވެ.


އަތޮޅު ހޮސްޕިޓަލްތަކާއި ރަށްތަކުގެ ސިއްހީ ސެންޓަރުތަކުގެ ހާލަތަށް ބަލާލާއިރު ގިނަ ފަހަރު ޑޮކްޓަރުން ނުތިބެއެވެ. ބައެއް ރަށްތަކުގެ މަހެއް ވާއިރު ވެސް ޑޮކްޓަރެއް ނެތިދެއެވެ. އެންމެ އާދައިގެ ޓެސްޓެއް ކަމަށްވާ ލޭގެ ޓެސްޓެއް ވެސް ގިނަ ސިއްހީ ސެންޓަރު ތަކުން ނުހެދެއެވެ.

އަތޮޅު ހޮސްޕިޓަލް ތަކުގެ ހާލަތު ވެސް ހަމައެގޮތަށެވެ. ރަގަޅު ފެންވަރެއްގެ ލެބޯޓެރީއެއް ހުރީވެސް މަދު އަތޮޅު ހޮސްޕިޓަލެއްގައެވެ. އޮތޮޅު ހޮސްޕިޓަލްތަކުގައި ހާއްސަ ޑޮކްޓަރުންނަށް ތިބެނީ ދެ ތިން ޑޮކްޓަރަކެވެ. ދިވެހި ޑޮކްޓަރުން ތިބެނީ މަދު އޮތޮޅު ހޮސްޕިޓަލެއްގައިއެވެ.

އަތޮޅު ހޮސްޕިޓަލެއް ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ހޮސްޕިޓަލްތަކުގެ ހާލަތާ ގުޅޭގޮތުން ވީއެފްޕީ އާއި ވާހަކަދައްކަވަމުން ވިދާޅުވީ ހާއްސަ ޑޯކްޓަރުންނަށް ތިބެނީ ދެތިން މީހަކު ކަމަށެވެ. އެދާއިރާއެއްގެ ޑޮކްޓަރަކު ހުންނެވި ނަމަވެސް ބޭނުންވާ ޓެސްޓުތައް ހެދެން ނުހުންނާތީ މާލެ ދާން ރިފާކުރަން ޖެހެއެވެ.

" ބައެއްފަހަރު އެންމެ އާދައިގެ ޓެސްޓުވެސް ނެހެދޭ، ހާއްސަ ކޮށް ކުދި ރަށްތަކުގައި، އެކްސްރޭ މެޝިނުގައި މައްސައެއްޖެހިއްޖިއްޔާ ބެކްއަޕެއް ނުހުރޭ" އަތޮޅު ހޮސްޕިޓަލަކާއި ހަވާލުވެ ހުރި މީހަކު ބުންޏެވެ.

ބޭނުންވާ ހާއްސަ ޑޮކްޓަރަކަށް ނުވަތަ ޓެސްޓެއް ހަދަން ބޭނުން ވާނަމަ ބޮޑު ހަރަދެއް ކޮށްފައި އަންނަން ޖެހެނީ މާލެއަށެވެ.
ގިނަ ރަށްތަކުގައި އެމްބިއުލާންސް އެއް އޮތް ނަމަވެސް އެ ހަލާކު ވެއްޖެ ނަމަ އިތުރު އެމްބިއުލާންސެއް ހޯދޭނެ ގޮތެއް ނޯވެއެވެ.

އެތައް ރަށެއްގެ އެމްބިއުލާންސް ހަލާކުވެ ދަމާ ގާޑިއާ ތަކުގައި ބަލިމީހުން ގެންދާތަން ފެނެއެވެ. ފާއިތުވިއަހަރުގައި ރާއްޖޭގެ ރަށްތަކުގެ ސިއްހީ ސެންޓަރުތަކުގެ އެމްބިއުލާންސް ހަލާކުވެގެން ބަލިމީހުން ގާޑިއަލުގައި ބަލިމީހުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ހަންޏާމީދޫގެ ކައުންސިލަރަކު ބުނިގޮތުގައި އެރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެގެން އެމްބިއުލާންސެއް ނުލިބި އެއް އަހަރު ތިބެންޖެހުނު ކަމަށެވެ. އޭގެ އިތުރުން މިިދިޔަ އަހަރުގައި މަކުނުދޫ އެމްބިއުލާންސް ހަލާކުވެގެން 3 މަސްވިއިރު، އެމްބިއުލާންސެއް ނުލިބި ބަލިމީހުން އުފުލީ ޕިކަޕުގައެވެ. މިއީ އެމްބިއުލަންސް ހަލާކުވެ އެފަދަ ގޮތަކަށް ބަލި މީހުން އުފުލާފައިވާ ދެތިން ރަށެއްގެ ވާހަަކައެވެ.

އަތޮޅުތެރޭގެ ފާމަސީ ތަކަށް އެކަށީގެން ވާ ވަރަށް ބޭސް ލިބުމުގައި ވެސް ދަތިކަން ކުރިމަތިވެއެވެ. ރަށްތަކަށް ބޭސް ފޯރު ކޮށްދޭ އެސްޓިއޯ އިން ފޮނުވާ ޝިޕްމެންޓް މަދުވުމުގެ ސަބަބުން ބޭސް ނުލިބި އެތައް ދުވަހު ތިބެން ޖެހޭކަމަށް ބައެއްރަށްރަށުގެ މީހުން ބުނެއެވެ.

ރަށްތަކުގެ ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ސިއްހީ ހިދުމަތް ރަގަޅު ކޮށް ވަސީލަތްތައް އިތުރު ކުރާނަމަ އެތައް މިލިއަން ހަރަދުކޮށްފައި ތޮށްޖެހިފައިވާ މާލޭގައި އިތުރު ހޮސްޕިޓަލެއް އަޅާކަށް ނުޖެހޭނެއެވެ.
ހިޔާލު

ނިހާދު

އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައްކާލަންގޮސް ބާޒާރުކޮއްލާ ޒުލަށްދާން ބޭނުންވަނީ 25 ބުރީގެ ހޮސްޕިޓަލް އަޅަން ކުރިހަރަދު ނުކޮއް މާލެ އާއެކު އަޑޫއާއި އެހެނިހެން ރާއްޖޭގެ ހޮސްޕިޓަލް ތަކުގެ ފެންވަރުވެސް ދަނީ މަތިކުރަމުން އޮޅުވާނުލާ މިކުޅިކުޅެމީހުންނަކަށް ކަމަކު ނުދާނެ އިންޑިއާ އަށް ދާން ސަރުކާރުން ހަރަދު ނުކުރަންޏާ

ފެރެޑޭ

ބުނަންތަ ސިއްހީދާއިރާ ކުރިއަރާނީ ބަނޑަހަގެއެއް އަޅާއިގެން. އަދި އިންޑިޔާމީހުން ދަށުވެގެން.