Anekkaves Minister saeed ge bahuge hamalaathakeh gasim ah
image
މުހައްމަދު ސައީދު: ފައިލް ފޮޓޯ
0 ކޮމެންޓް
 

އަނެއްކާވެސް މިނިސްޓަރު ސައީދުގެ ބަހުގެ ހަމަލާތަކެއް ގާސިމަށް

އަރިއަތޮޅު ތަރައްޤީ ވިޔަނުދީ ހިފެހެއްޓީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިޔަފާރީގެ ހިމާޔަތުގައިކަމަށް އިޝާރާތް ކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޤާސިމް އިބްރާހީމަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. muni
ގާސިމްގެ ހަރަދުގައި ކިވަޔާ ވިދާޅުވެ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގެ މެނޭޖަރަކަށް ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ މިނިސްޓަރުކަމަށް ވަޑައިގެންނެވި ސައީދު މިހެން ވިދާޅުވީ ރޭ އއ މަތިވެރީގައި ރޭ ބޭއްވި ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާގައެވެ.

ސައީދުވަނީ ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމުން އެޕާޓީ ދޫކުރަށްވާ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ.

ޖަލްސާތަކުގައި ރައީސް ޔާމީނާއި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އާއްމުގޮތެއްގާ ވާހަކަ ދައްކަވާ ސައީދު ރޭގެ ޖަލްސާގައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އއ. އާއި އދ. އަތޮޅަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ.

ގާސިމަށް ފާޑުވިދާޅުވުން އަމާޒު ކުރައްވާ ސައީދު ވިދާޅުވީ އަރިއަތޮޅުގެ ތަރައްޤީއަށް ބައެއް ޕާޓީތަކުން ހުރަސްތައް ކުރިމަތި ކުރުވާއިރު އެކަން ކުރަނީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމުގައެވެ. އަދި ވިޔަފާރިވެރިއެއްގެ ޝައުގު ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް އަތޮޅެއް ނުވަތަ މީހެއް ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީގައި ބުނެފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ.








ހިޔާލު