Dhangethi kairi farakah dhoanyeh araifi
image
ފަރަށް އެރި ދޯނި
0 ކޮމެންޓް
 

ދަނގެތީ ކައިރި ފަރަކަށް ދޯންޏެއް އަރައިފި

އދ ދަނގެތީ ކައިރި ފަރަކަށް ދޯންޏެއް އަރައިފިއެވެ. Dhiraagu
ފުލުހުންބުނީ ފަރަށް އަރާފައިވަނީ ސަޕްލައި ދޯންޏެއް ކަމުގައެވެ. އަދި ދޯނީގައި ތިބި ދެ މީހުން މިހާރު ދަނގެއްޗަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ 17:30 އެހާއިރުކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ނަމަވެސް ހާދިސާއާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު