Raajje Sarahahdhun athulaigathee kandu feyrey boat thakeh kamah vidhaalhu vejje
image
އިންޑިއާ ސްރީލަންކާ އަދި ރާއްޖެ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ތަކެއްގެ ތެރެއިން: ފައިލް ފޮޓޯ
0 ކޮމެންޓް
 

ރާއްޖޭ ސަރަހައްދުން އަތުލައިގަތީ ކަނޑުފޭރޭ ބޯޓްތަކެއް ކަމަށް ވިދާޅުވެއްޖެ

މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އިޤްތިސާދީ ސަރަހަށްދުން އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައި ގަނެފައިވަނީ ކަނޑުފޭރޭ ބޯޓްތަކެއްކަމަށް ޑިފެންސް މިނިސްޓަރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. Dhiraagu
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް ގިރިފުށީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތަކެއް ފެނިގެން ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާކަމަށާއި މި ބޯޓުތަކަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައިތިބި ބައެއްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހުންނާއެކު މުޤާބަލާކުރުމުގައި ދިވެހި ސިފައިން ދައްކާފައިވަނީ ހުށިޔާރުކަމާ ޒިންމާދާރުކަމުގެ ފުރިހަމަ ރީތި މިސާލެއްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖޭ އިޤްތިސާދީ ސަރަހައްދުން ފެނުނު ސޯމާލިއާ ދިދަ ނަގާފައިވާ ދެ ބޯޓް އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު އަލީންނެވެ. އެ ދެ ބޯޓް މިހާރުވަނީ މާލެ ގެނެސްފައެވެ.

"ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މަސްބޯޓެއް އދ. މާމިގިލީ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުން އަތުލި އިރު މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި ތިއްބެއެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސްބޯޓް ތައިލެންޑުގެ 10 ފަޅުވެރިންނާއި އެކު އަތުލައިގަތީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ތ ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހިޔާލު