Kulhudhuffushi Hospital Hingumah dhimaavi mahsala thah hallu kurevijje
image
ކުޅުދުއްފުށީ ހޮސްޕިޓަލު ނޫރުލް އިސްލާމާއި ހަވާލު ކުރަނީ---ފޮޓޯ:ކުޅުދުއްފުށި.ކޮމް
0 ކޮމެންޓް
 

ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގުމަށް ދިމާވި މައްސަލަ ހައްލު ކުރެވިއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށް ވިދާޅުވެ، ނޫރުލް އިސްލާމު އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ފައިޒަލް ހާން، ހެލްތު މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފިއެވެ.
ނޫރުލް އިސްލާމުން ހެލްތު މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިމިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގުމުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވަނިކޮށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހެލްތު މިމިސްޓްރީ އިން ބުނެފައިވަނިކޮށެވެ.

ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ނިމްސްގެ އިންޓަނޭޝަނަލް އޮޕަރޭޝަން މެނޭޖަރ އަހުމަދު ނަސީރު ވިދާޅުވީ، ކުންފުންޏަށް މިހާރު އިތުރު ޑައިރެކްޓަރުން ނަގާފައިވާ ކަމަށެވެ. އަދި މީގެފަހުން ހޮސްޕިޓަލުގެ ހުރިހާ ކަމެއް ހިނގާނީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ފައިޒަލް ހާނުގެ ބެލުމުގެ ދަށުން ކަމަށެވެ.

ނަސީރު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދަށް ނުވާނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީއަށް އެސިޓީ މެދުވެރިކޮށް ދީފައިވާނެ ކަމަށެވެ.


ހިޔާލު