Mihafthaa thereygai CT Machine Kulhudhufuttah Fonuveyne
image
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށީ ކޮމް
0 ކޮމެންޓް
 

"މިހަފުތާ ތެރޭގައި ސީޓީ މެޝިން ކުޅުދުއްފުއްޓަށް ފޮނުވޭނެ"

ކަސްޓަމްސް އިން ސީޓީ ސްކޭން މެޝިން ކްލިއަރެންސްކޮށް ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ފޮނުވޭނެ ކަމަށް ނިމްސްގެ އޮޕަރޭޝަން މޭނޭޖަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ނަސީރު ވިދާޅުވީ، ސްޕެޝިއަލިސްޓް ޑޮކްޓަރުންނާއި ޓެކްނީޝަނުންނަށް ވިސާ ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެެވެ. އެގޮތުން ވިސާ ހަމަޖެހުމާއެކު ޑޮކްޓަރުން ގެނެވޭނެ ކަމަށް ނަސީރު ވިދާޅުވެއެވެ.

"ވިސާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަަށް ދަނީ. މިހްތާ ތެރޭގަ ވިސާ ހަމަޖެހޭނެ ކަމަށް މިބަލަނީ." ނަސީރު ވިދާޅުވެއެވެ.

ނޫރުލް އިސްލާމުން ރާއީސް ޔާމީނަށް މީގެ ދުވަސްކޮޅެއް ކުރިން ފޮނުވި ސިޓީގައި ބުނީ ހޮސްޕިޓަލަށް ފޮނުވާ މެޝިންތައް ކަސްޓަމުން ނެރުމުގައި ގިނަ ދުވަސް ހޭދަވާކަމަށެވެ. އެކަމަށް ރައްދުދެއްވާ އެކުންފުނީގެ %20 ހިއްސާދާރު އުސައިދު ވިދާޅުވީ، ސީޓީ މެޝިން ކްލިއާ ކުރުމުގެ މަސައްކަތް ކޮށްފައިވާނެކަމަށެެވެ.

"އެއެއްޗެހި ކްލިއާ ކުރަން އަރާ 3000 ޑޮލަރު. އަދި ކުޅުދުއްފުޓަށް ފޮނުވަން ވެސް ދާނެ ލާރި. އެހެންވެ އެބޭފުޅުންނަށް އެންގިން ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް. ފަހުން ބުނީ އެ ފޮނުވި ތަކެއްޗަށް ލާރި ދައްކަން ޖެހޭނީ ޖެނެރަލް އިލެކްޓްރޯނިކް އިން ކަމަށް." އުސައިދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ފޮނުވި ސީޓީ މެޝިން ކަސްޓަމްސްގައި ހުންނަތާ މިހާރު ދެމަސް ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ހިޔާލު