Esfiya Dhigu Kuran Beynun Kurevidhaane Baeh Thakethi
image
އެސްފިޔަ ދިގު ކުރަން ބޭނުންކުރެވިދާނެ ބައެއް ތަކެތި
0 ކޮމެންޓް
 

އެސްފިޔަ ދިގު ކުރަން ބޭނުންކުރެވިދާނެ ބައެއް ތަކެތި

ކޮންމެ އަންހެނަކީ ވެސް ރީތިކަމަށް ލޯބިކުރާ މީހެކެވެ. އެގޮތުން ލުލުގެ އެސްފިޔައަކީ އަންހެނެއްގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭ އެކައްޗެވެ. ލޮލުގެ އެސްފިޔަ ދިގު ކުރުމަށް ވަރަށް ގިނަ ބަޔަކު ވަރަށް ގިނަ ބޭސްތައް ބޭނުންކޮށްވެސް އުޅެއެވެ. އަދި އޭގެ އިތުރުން ތަތްކުރާ އެސްފިޔަވެސް ބޭނުންކޮށް އުޅެއެވެ. dhi2
އެސްފިޔަ ކުރު މީހުންނަށް މިކަމަށް ހައްލެއް އެބައޮތެވެ. ގުދުރަތީކޮށް ލޮލުގެ އެސްފިޔަ ދިގު ކުރަން ބޭނުންކުރެވިދާނެ ބައެއް ތަކެތި ވަނީ ހޯދިފައެވެ.

ގުދުރަތީކޮށް ލޮލުގެ އެސްފިޔަ ދިގު ކުރަން ބޭނުންކުރެވިދާނެ ބައެއް ތަކެތި :

1 އޮލިވް އިލް (ޒައިތޫނި ތެޔޮ)

ޒައިތޫނި ތެލަކީ ވަރަށް ގިނަ އަދަދަކަށް އޭގައި ވިޓަމިން އީ އަދި އޮލެއިކް އެސިޑް އެކުލެވޭ ތެލެކެވެ. ޒައިތޫނި ތެލުގައި ހިމެނޭ މި ދެ ބާވަތުގެ ސަބަބުން އެސްފިޔައިގައި ތެތްކަން ދަމަހައްޓަދީ ދިގު ވުމަށް އެހީ ވެދެއެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން ލޮލުގެ އެސްފިޔަތަކުގައި ކަފަބުރެއް ބޭނުން ކޮށްގެން ޒައިތޫނި ތެޔޮ އުގުޅާށެވެ. އެގޮތުގައި ބެހެއްޓުމަށްފަހު ނިދާ ހޭލުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.

2 އަލޯ ވެރާ

އަލޯ ވެރާއަކީ ލޮލޮގު އެސްފިޔަތަށް ދިގުވުމަށް އެހީވެދޭ އަދި ހަލާކުވެފައި ހުންނަ ތަންތަނަށްވެސް ރަނގަޅު އެއްޗެކެވެ. އަލޯވެރާގައި ހިމެނޭ ވިޓަމިންސް އަދި މިނަރަލްސްގެ ސަބަބުން ލޮލުގެ އެސްފިޔަތަށް ދިގުވެއެވެ. އަލޯވެރާ ބޭނުން ކުރާނީ ވެސް ޒައިތޫނި ތެޔޮ ބޭނުން ކުރި ގޮތަށެވެ.

3 ގްރީން ޓީ

ގްރީން ޓީ ހޫނު ފެން ފޮދަކަށް އެޅުމަށް ފަހު ބަހައްޓާށެވެ. އެއަށްފަހު ހިހޫވުމުން ލޮލުގެ އެސްފިޔައިގައި ކަފަ ބޭނުން ކޮށްގެން އުނގުޅާށެވެ. ގްރީން ޓީގައި ހިމެނޭ ކެފެއިން އަދި ފްލެވޮނޮއިޑްސް އެސްފިޔަ ދިގުކޮށްދީ އަލަށް ފަޅާ އިސްތަށިތަށް ދިގުކޮށްދިނުމަށް އެހީ ވެދެއެވެ.
މި ތިން ބާވަތަކީވެސް ލޮލުގެ އެސްފިޔަ ދިގު ކުރުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެއްޗެވެ.
ހިޔާލު