Midhiya Mahu 3.7 Billion Ruffiya ge Mudhaa Importkohfi
image
ކޮންޓެއިނާއެއް ކްލިއާކުރަނީ--ފައިލް ފޮޓޯ ކަސްޓަމްސް
0 ކޮމެންޓް
 

މިދިޔަ މަހު 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ.

މިދިޔަ މަހު އިމްޕޯޓުކުރި މުދަލުގެ އަގުގެ ގޮތުން 14 އިންސައްތަ ޔޫއޭއީ އަދި ސިންގަޕޫރުން އިމްޕޯޓުކޮށްފައިވާއިރު އިންޑިއާ، ޗައިނާ، އަދި މެލޭޝިޔާއިން 10 އިންސައްތަ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ މަހު ވަނީ އަށް އިންސައްތަ އިތުރުވެފައެވެ. މިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ދައުލަތަށް 286 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެއިން 391 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓްކޮށްފައިވަނީ 200 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓުކުރެވުނު މިންވަރު ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު 96 އިންސައްތަ އިތުރުވެފައެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު، މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ 61 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ.
ހިޔާލު