Maa ginain Antibiotics Beynun Kuraanama Vaanee Kihineh?s
image
0 ކޮމެންޓް
 

މާގިނައިން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ވާނީ ކިހިނެއް؟

ރައްކާތެރި ގޮތުގައި އެންޓިބަޔޮޓިކް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެެވެ. dhi2
ބަލިވުމުން ކޮންމެ ފަހަރަކު ޑޮކްޓަރަށް ނުދައްކާ ބޭސް ނަގައިގެން ކެއުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫންކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެއް ބައްޔަކަށް އެކަކު ކާ ބޭހަކީ އަނެކަކަށް އެންމެ އެކަށީގެންވާ ބޭހަށް ނުވެދާނެއެވެ. ހަށިގަނޑާއި ނުގުޅޭ ބޭސްތައް ބޭނުންކޮށް ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމުގެ ބަދަލުގައި ޑޮކްޓަރުގެ ލަފައާއެކު ބޭސް ބޭނުންކުރުމަށް އާދަކުރަން ޖެހެއެވެ.

މާގިނައިން އެޓްބަޔޮޓިކް ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫންކަަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެއެވެ.

މާގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުން ހަށިގަނޑުގައި އާއްމުކޮށް ހުންނަ ރަނގަޅު ޖަރާސީމުތައް މަރުވެއެވެ. އަދި ބަލިތަކަށް ނުގުޑާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެހެން ބޭސްތަކުގެ އަސަރު ކުޑަކޮށް، އެލާޖިކްވުން ފަދަ ނުރަނގަޅު އަސަރުތައް ހަށިގަނޑުގައި އިތުރުވުމުގެ އަސްލަކަށް އެންޓިބަޔޮޓިކްސް ވާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ޑޮކްޓާރަށް ނުދައްކާ އެންޓިބަޔޮޓިކްސް ބޭނުން ކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް އާއްމުކަމެކެވެ. ވީއިރު އެންޓިބަޔޮޓިކް މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑަށް އެންމެ ރައްކާތެރިގޮތް ނޫންކަމުން އެންޓިބަޔޮޓިކްސް ބޭނުން ކުރާއިރު ޑޮކްޓަރުންގެ ލަފާ ހޯދާށެވެ.
ހިޔާލު