Kulhudhuffushee Hospitalun Hadhamundhiya Baeh Testthah Huttumakah!
image
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު-- ފޮޓޯ: ކުޅުދުއްފުށީ ކޮމް
0 ކޮމެންޓް
 

ކުޅުދުއްފުށީ ހޮސްޕިޓަލުން ހަދަމުން ދިޔަ ބައެއް ޓެސްޓުތައް ހުއްޓުމަކަށް!

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަދަމުން ދިޔަ ބައެއް ލެބޯޓްރީ ޓެސްޓުތައް ހުއްޓިއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއިން ތައިރޮއިޑް ޓެސްޓާއި ކިޑްނީ ޕްރޮފައިލްގެ ބައެއް ޓެސްޓްތަކުގެ އިތުރުން ލިވާގެ ބައެއް ޓެސްޓުތަކެއް ނުހެދެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ ހޮސްޕިޓަލުގެ މުވައްޒަފަކުވަނީ މިހާރު އެ ޓެސްޓުތައް ނުހެދޭކަން ވީއެފްޕީއަށް ޔަގީންކޮށްދެއްވާފައެވެ.

ކުރިން ލޭގައި ލޮނު އެކުލެވޭ މިންވަރު ބެލުމަށް ހަދާ ޓެސްޓުތައް ނުހެދެއެވެ. ނަމަވެސް މިހާރު އެ ޓެސްޓުގެ ހިދުމަތް ހޮސްޕިޓަލުން ފޯރުކޮށްދޭ ކަމަށް އެ މުވައްޒަފު ވިދާޅުވިއެވެ.

ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް މުހައްމަދު ލަތީފު ވެސް ވިދާޅުވީ ލެބޯޓްރީން ދެމުން ގެންދާ ބައެއް ހިދުމަތްތައް ހުއްޓިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ލަތީފު ވިދާޅުވީ އެހޮސްޕިޓަލުގެ ލެބޯޓަރީގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ ބައެއް ކެމިކަލްތައް ހުސްވެ، ބައެއް ޓެސްޓުތައް މެދުކެނޑިގެން އާއްމުންނާއި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންގެ ޝަކުވާތައް އަޑުއިވިފައިވާ ކަމަށެވެ.

މިހަބަރާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ އިރު އެ ހޮސްޕިޓަލު ހިންގުމަށް ހަވާލު ކުރި ކުންފުނީގެ ތެރޭގައި އުފެދުނު މައްސަލައެއްގައި ހޮސްޕިޓަލު މެނޭޖު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވަނީ އެނގިފައެވެ.
ހިޔާލު