Coffe In Libey Faidhaa Thah
image
ކޮފީން ހަށިގަނޑަށް ލިބޭ ފައިދާތައް
0 ކޮމެންޓް
 

ކޮފީން ހަށިގަނޑަށް ލިބޭ ފައިދާތައް

މި ޒަމާނުގެ ކުދީންނަށް މޯނިން ކަނޑާލުމަށް ކޮފީ ވެފައިވަނީ ވަރަށް ހާއްސަ ބުއިމަކަށެވެ. ބަވަނަވަމުންދާ ދުނިޔޭގައި ޒަމާނަށް އައި ބަދަލާއެކު ފޫހި ފިލުވާލުމަށް ޅަ ފުރާވަރު ކުދީން އެންމެ ގިނައިން ދަނީ ކޮފީ ތަކަށެވެ. ރައްޓެއްސަކު ގުޅާލުމާއެކު " އޭ ކޮބާ ނެތްތަ ކޮފީއެއް؟" މިހެން ނުބުނެ ފޯން ކަނޑާލުން ވެފައި މި ވަނީ ނާދިރުކަމަކަށެވެ. ދެ ލޯބިވެރިންގެ ބައްދަލުވުން ވެސް ގިނައިން ނިމިގެން ދަނީ ކޮފީއަކުންނެވެ. ކޮފީ ވެފައި މިވަނީ ކެއުމަކަށް ފަހު ވެސް ގިނަ ބައެއްގެ އެންމެ ހިއްގައިމު ބުއިމަށެވެ. kobadoctor
ކޮފީން ހަށިގަނޑަށްލިބޭ ފައިތަކަކީ ކޮބާ؟

1. ކޮފީއަކީ މީހާ ތާޒާކޮށް ހަށިގަނޑު ހަރަކާތްތެރިކޮށްދޭ އެއްޗެކެވެ.

މާ ހެނދުނާ އޮފީހަށް ގޮސް ނިދި މޫޑް ހުރުމުގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަވެ، ފޫހިވާގޮތްވެއެވެ. މިގޮތަށް ވާނަމަ މަސައްކަތް ފެށުމުގެ ގަޑިއެއްހާއިރު ކުރިން ކަޅު ކޮފީތައްޓެއް ބޯލުމުން މީހާ ވަރަށް ހަރަކާތްތެރިވާނެއެވެ. ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން ލޭގެ ޕްރެޝަރ އަވަސް ކޮށްލަދެއެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑު ކަންނެތް ކަމުން ދުރުކޮށްލަދީ މީހާ ވަރަށް ތަޒާވެއެވެ.

2. ކޮފީއަކީ ބަރުދަން ލުއިކޮށްދޭ ބުއިމެކެވެ.

މިހާރަކަށް އައިސް ގިނަ ބަޔަކު އެންމެ ގަދައަށް ކުރަމުން އަންނަ އެއް މަސައްކަތަކީ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމެވެ. ކޮފީއަކީ ބަރުދަން ލުއި ކޮށްލުމަށްވެސް ލާމަސީލު ބުއިމެކެވެ. ކޮފީގައި ހިމެނޭ މެގްނީޒިއަމް އަދި ޕޮޓޭޝިއަމް އަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މޮނިޓާކޮށް، ފޮނި އަދި ލުއި ކާނާތަށް ކެއުމުން މީހާ ދުރުކޮށްދޭ އެއްޗެކެވެ.

3. ކޮފީއަކީ ހަށިގަނޑުގައި ހުންނަ ފެޓްސްގެ ބާވަތްތައް އަންދާލާ ބުއިމެކެވެ.
އޭގެ އިތުރުން ކޮފީގައި ހިމެނެ ކެފެއިން އިން ވެސް ހަށިގަނޑުގައި ހިމެނޭ ފެޓްސްގެ ބާވަތްތައް އަންދާލައެވެ.

4 ކޮފީއަކީ ކެންސަރު ބަލިން ދުރުކޮށްދޭ ބުއިމެކެވެ.

ކެންސަރުން ދުރުވުމަށް ދުވާލަކު އެއް ތަށި ކޮފީ ނަމަވެސް ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮފީއަކީ ތަފާތު ކެންސަރާއި އަދި ހާއްސަ ގޮތެއްގައި ހަމަށް ޖެހޭ ކެންސަރު ތަކުން ދުރުކޮށްދޭ މަގްބޫލު ބުއިމެކެވެ.

5 ކޮފީއަކީ ސިކުނޑިއަށް ރައްކާތެރިކަން ދީ ޑިޕްރެޝަންއިން ރައްކާތެރިކޮށްދޭ އެއްޗެކެވެ.

އަލްޒެއިމާ ޑިސީސް ގެ ސަބަބުން ހަށިގަނޑުގައި ލޭ މަދުވުން މެދުވެރިވެއެވެ. އަދި ކެފެއިން ގިނައިން ބޭނުންކުރެވުމުން މި ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެއެވެ. ކޮފީ ބުއިމުގެ ސަބަބުން ހިތައް ހަމަޖެހުންލިބި މީހާ ކުދި ކުދި ކަންތައްތަކުން ވިސްނުމާ ދުރުވެދޭނެއެވެ.

ހަށިގަނޑަށް އެތަކެއް ގެއްލުމެއް ލިބޭ ބުއިމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކޮފިއަކީ ލިބޭ ގެއްލުމަށްވުރެ ބޮޑަށް ފައިދާ ލިބޭ ބުއިމެކެވެ. ދުވާލަކު 3 ނުވަތ 4 ތަށި ކޮފީ ބުއިމަކީ ހަށިގަނޑައް ފައިދާ ހުރި ކަމެކެވެ. އަދި އޭގެ އިތުރުން ސިއްހީ އެތަކެއް މައްސަލަތަކަކުންވެސް ދުރުކޮށްދެއެވެ. އެމެރިކާގައި އެކަނިވެސް ދުވާލަކު 150 މިލިއަން މީހުން ކޮފީ ބޮއެވެ. ތަޖުރިބާ ކާރުން ބުނާގޮތުގައި ކޮފީއިން ހަށިގަނޑަށް ލިބޭ ގެއްލުމަށްވުރެ ފައިދާ ބޮޑެވެ.



ހިޔާލު