Fun Island Resort ah Fuluhunnai Customs in Araifi
image
ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން ފަން އައިލެންޑުގައި---ފޮޓޯ:ސޯޝަލް މީޑީއާ
0 ކޮމެންޓް
 

ފަން އައިލެންޑް ރިސޯޓަށް ފުލުހުންނާއި ކަސްޓަމްސްއިން އަރައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ވިލާ ހޮޓެލްސްގެ ފަން އައިލެންޑް ރިސޯޓަށް ފުލުހުން އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ފަން އައިލެންޑް ރިސޯޓުގައި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންނާއި ކަސްޓަމްސް އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ވަނީ ފަން އައިލެންޑް ރިސޯޓަށް އަރާފައެވެ. ނަމަވެސް އޭރު އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވެއެވެ.

ގާނޫނާއި ހިލާފަށް ވިލާ ހޮޓެލްސްގެ ރިސޯޓުތަކަށް ބަނގުރަލާއި އޫރު މަސް އެތެރެކޮށްފައިވާ ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ކަސްޓަމްސް އިން ވަނީ ވިލާގެ ރިސޯޓުތަކަށް އަރާފައެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، ކަސްޓަމްސްގެ ފަރާތުން ހިންގަމުންދާ އޮޕަރޭޝަނަކަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެދިފައިވާތީ އެ އޮޕަރޭޝަންގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާ ކަމަށެވެ.
ހިޔާލު