Villaage Resort thakai Qasimge Dhifaugai Maamigiligai Muzaaharaa Kuranee
image
މާމިގިލީގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން---
0 ކޮމެންޓް
 

ވިލާ ރިސޯޓުތަކާ ގާސިމްގެ ދިފާއުގައި މާމިގިލީގައި މުޒާހަރާ ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކާއި ގާސިމްގެ ދިފާއުގައި އދ.މާމިގިލީގައި މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ.
މާމިގިލީގައި އެ ރަށުގެ ގިނަ ރައްޔިތުންނާއެކު މިހާރު ކުރިއަށްދާ މުޒާހަރާގައި ގާސިމް މިނިވަން ކުރުމަށް ގޮވާލުމުގެ އިތުރުން ގާސިމަށް ކުރަމުންދާ ދުއްތުރާތައް ހުއްޓާލުމަށް ދަނީ ގޮވަމުންނެވެ.

ގާސިމްގެ އުފަންރަށް އަދި އެ ދާއިރާއެއްގެ މެންބަރުކަން ގާސިމް ކުރައްވާ މާމިގިލީގައި މުޒާހަރާ ކުރަމުންދާ އިރު ވެސް ގާސިމްގެ ފަން އައިލެންޑުގައި ކަސްޓަމްސްއާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މާމިގިއްޔަކީ ގާސިމަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ.

ކަސްޓަމްސްއިން ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ރިސޯޓުތަކަށް ފުލުހުންނާ އެކު އަރައި ހަރަކާތްތެރިވަމުން ދަނީ ގަވާއިދާ ހިލާފަށް އެހެން ރަށަކަށް ދޫކޮށްފައިވާ ބަނގުރާ އެ ރިސޯޓޫތަކުގައި ބޭނުން ކުރަމުންދާ ކަމަށް ބުނެއެވެ.
ހިޔާލު