Bidheysheenge medical report hehdhumuge hudhha alun clinic thakah
image
ހެލްތު މިނިސްޓްރީ--ފައިލް ފޮޓޯ
0 ކޮމެންޓް
 

ބިދޭސީންގެ މެޑިކަލް ރިޕޯޓު ހެއްދުމުގެ ހުއްދަ އަލުން ކްލިނިކްތަކަށް

ބިދޭސީންގެ ވޯކްޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓު ހެއްދުމުގެ ހުއްދަ، އިތުރު ފަރާތްތަކަށް ދީފިއެވެ.
ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތު މީހުން ހަދަންޖެހޭ ވާކް ޕާމިޓް މެޑިކަލް ޗެކްއަޕް ހެދުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވާކް ޕާމިޓް މެޑިކަލްސްގެ ގޮތުގައި ބަލައިގަނެވޭނީ ހަމައެކަނި އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލް އާއި އޭޑީކޭ ހޮސްޕިޓަލް އަދި އަތޮޅު ތެރޭގައި ގާއިމު ކުރެވިފަައިވާ ސަރުކާރުގެ ހިދުމަތްދޭ ހޮސްޕިޓަލްތައް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކްލިނިކްތަކަށް އެ ހުއްދަ އަލުން ދީފައިވާކަން ހެލްތު މިނިސްޓްރީން އިމިގްރޭޝަނަށް އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންކަމުން އެ ކްލިނިކްތަކުން ދޫކުރާ ރިޕޯޓުތައް ބަލައިގަންނާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އިތުރުން ދެ ހޮސްޕިޓަލަކަށާއި 10 ކްލިނިކަކަށް އެ ހުއްދަ ވަނީ ދީފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މެޑިކާ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލެވެ.

އީވް ކްލިނިކާއި ސެންޓްރަލް ކްލިނިކާއި އެޑްވާންސް ކްލިނިކާއި އޭއެމްޑީސީ އާއި އެއިމްސް ޑައިގްނޯސްޓިކް ކެއާ އާއި ޕާޅް މެޑިކަލް ސެންޓަރާއި އައިއެމްޑީސީއަށް ވަނީ ހުއްދަ ދީފައެވެ. އޭގެ އިތުރުން އޮސް މެޑިކަލް ސެންޓަރާއި ފަރުވާ ކްލިނިކް އަދި ކްރިސްޓަލް މެޑިކަލްސް އަށްވެސް ވަނީ ހުއްދަ ދީފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވާކް ޕާމިޓް ހެދުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަމާއި، އަމަލުކުރަމުންދާ އުސޫލުތައް މުރާޖައާ ކުރެވިފައިވާ ކަމަށެވެ.

ވޯކް ޕާމިޓް މެޑިކަލް ހެދުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ހުޅުވާލުމަށް ނިންމާފައިވާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލިއެވެ.
ހިޔާލު