Masveri Kanduhulhudhooge Hurihaa Dhoanyyeh Halaakuve Mulhi rashah Molhiverikan!
image
ކަނޑުހުޅުދޫ---
0 ކޮމެންޓް
 

މަސްވެރި ކަނޑުހުޅުދޫގެ ހުރިހާ ދޯންޏެއް ހަލާކުވެ މުޅި ރަށަށް މޮޅިވެރިކަން!

ގއ. ކަނޑުހުޅުދޫއަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. އާބާދީގައި 968 މީހުން އުޅޭ ކަނޑުހުޅުދޫގައި އޮންނަނީ މަހަށް ދުއްވާ ތިން ދޯންޏެވެ. ތިން ދޯނި ވެސް ހަލާކުވެފައިވާ އިރު މުޅި ރަށަށް ވަނީ އެކަމުގެ މޮޅިވެރިކަން ވެރިވެފައެވެ. kobadoctor
ކަނޑުހުޅުދޫ އިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެ ވަގުތެއްގައި "ރަންދުވެލި 105" ބިންދައިގެން ދިއުމާއި ގުޅިގެން އެދޯނި އޮތީ މިހާރު އެރަށު ފަޅުގައި ބާއްވަން ޖެހިފައެވެ. 19 މީހުންނާއި އެކު ބިންދައިގެން ދިޔަ އެދޯނީގައި މަސައްކަތް ކުރަމުންދިޔަ ފަރާތްތަކުގެ އާއިލާތައް މާޔޫސްވެފައިވަނިކޮށް، އިއްޔެ ވެސް ކަނޑުހުޅުދޫގެ މަސްވެރިކަން ކުރާ ދޯންޏެއްކަމަށްވާ "ފަހިރޯދި" ދޯނީގެ ފަށަން ވަނީ ބިންދިފައެވެ. އެކަމުގެ ސަބަބުން އެދޯނި ވެސް މިވަނީ ރަށުގެ ފަޅުގައި ބާއްވަން ޖެހިފައެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގައި އޮންނަ ތިން މަސްދޯނީގެ ތެރެއިން ދެ ދޯނި އޮތީ ބިންދައިގެން ގޮސްފައިވާތީ ފަޅުގައި އަޅާފައި ކަމަށެވެ. އަދި މީގެ ދެވަރަކަށް ހަފުތާކުރިން އަނެއް ދޯނީގެ އިންޖީނު ހަލާކުވެ އެދޯނިވެސް އޮތީ ފަޅުގައި ބާއްވާފައި ކަމަށެވެ.

އެތިން ދޯނީގައި 60 ހެއްހާ މީހުން މަސްވެރިކަން ކުރަމުންދާ ކަމަށް ކަނޑުހުޅުދޫ ކައުންސިލުން ބުނެއެވެ. އަދި މަސްވެރިންގެ މަސައްކަތް ހުއްޓިފައިމިވަނީ މަސްވެރިކަން ވަރަށް ރަނގަޅު ދުވަސް ވަރެއްގައިކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ މަސްވެރިކަން ރަނގަޅު ދުވަސްވަރުތަކުގައި ހަފުތާއެއްގެ މައްޗަށް ގާތްގަނޑަކަށް 8000 ރުފިޔާއާ 10000 ރުފިޔާގެ އާމްދަނީއެއް މަސްވެރިން ހޯދާ ކަމަށެވެ. އެހެންކަމުން މިއީ ކަނޑުހުޅުދޫގެ މަސްވެރިންނަށް ލިބިގެންދިޔަ ބޮޑު ގެއްލުމަކަށް ވާނެއެވެ.

ރަށުގެ ގިނަ ބަޔަކު އާމްދާނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓިފާވާއިރު އެމަސައްކަތް ފެށޭނު ދުވަހެއް ވެސް ނޭނގެއެވެ.

ފަހިރޯދި ދޯނީގެ ފަޅުވެރިއަކު ވީއެފްޕީއާ ވާހަކަ ދައްކަމުން ބުނީ، އެދޯނި އެހެލާ، ހެދުމުގެ މަސައްކަތް ކުރުމަށް މާދާމާ ފުވައްމުލަކަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލުން ދޯނި މަސްވެެރިކަމަށް ނުކުތުމަށް ގާތްގަނޑަކަށް ދެވަރަކަށް ހަފުތާ ވާނެ ކަމަށް ދޯނިން އެ ފަޅުވެރިޔާ ބުނެއެވެ.

ފަހިރޯދި ދޯނީގައި 27 މީހުން މަސައްކަތް ކުރަމުންދެއެވެ. އަދި ދޯނި ހަލާކުވުމާއި ގުޅިގެން އެމީހުން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ.

ފަހިރޯދި ދޯނިން ބުނީ އެ ދޯނީގެ ފަށަން ބިންދައިގެން ދިޔައީ ކަނޑު ގަދަވެގެން ކަމަށް ބެލެވޭ ކަމަށެވެ.

ވީއެފްޕީއަށް ވާހަކަ ދައްކަމުން ރަންދުވެލި 105 ގެ ފަޅުވެރިއަކު ބުނީ ދޯނި ހެދުމަށް މާދަމާގެ ވަގުތެއްގައި ދޯނި މާމެންދޫ ޔާޑަށް އެހެލާނެ ކަމަށެވެ. އަދި މަސްވެރިކަމަށް ދެން ނުކުމެވޭނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ކަމަށެވެ.
ހިޔާލު