Docterunnai Naruhun Hoadhan Kuri Iulaanah Fini Tharuheebeh!
image
ހެލްތު މިނިސްޓްރީ---
0 ކޮމެންޓް
 

ޑޮކްޓަރުންނާއި ނަރުހުން ހޯދަން ކުރި އިއުލާނަށް ފިނި ތަރުހީބެއް!

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 300 ޑޮކްޓަރުން ހޯދަން އިއުލާނު ކުރުމުން ކުރިމަތިލީ އެންމެ ދެ މީހުން ކަމަށާއި 600 ނަރުހުން ހޯދަން ކުރި އިއުލާނަށް ކުރިމަތިލީ 15 މީހަކު ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކި ދާއިރާތަކުން ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ޑެންޓިސްޓުންނާއި، މެޑިކަލް އޮފިސަރުން ގެ އިތުރުން ސީނިއާ މެޑިކަލް އޮފިސަރުން ހިމެނޭ ގޮތަށް 300 މުވައްޒަފުން ހޯދަން މިދިޔަ ނޮވެމްބަރު މަހު ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު، އެ ފުރުސަތަށް ކުރިމަތިލާފައިވަނީ ދެ ޑޮކްޓަރުން ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީއިން ބުނީ ސުޕަ ސްޕެޝިއަލިސްޓްގެ މަގާމަށް އެއްވެސް މީހަކު ކުރިމަތިލާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ދެ ފަހަރެއްގެ މަތިން ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އިއުލާނު ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

"600 ނަރުހުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ 15 މީހުން. އަދި އެކި ދާއިރާތަކުން ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ޑެންޓިސްޓުންނާއި، މެޑިކަލް އޮފިސަރުން ގެ އިތުރުން ސީނިއާ މެޑިކަލް އޮފިސަރުން ހިމެނޭ ގޮތަށް މުވައްޒަފުން ހޯދަން ކުރި އިއުލާނަށް ކުރިމަތިލާފައި ވަނީ 2 މީހުން. މިހާރުވެސް ނަރުހުން ނެގުމުގެ މަސައްކަތް ދަނީ ކުރިޔަށް. އެހާ މަދު އަދަދެއްގެ ބަޔަކު ކުރިމަތިލާކަމަށް ބޮޑަށް ލަފާ ކުރެވެނީ އެބޭފުޅަކު ބޭނުންވާ ތަނެއްގައި ނުހުރެވުންކަމަށް ވުމަކީވެސް އެކަށީގެންވާކަމެއް. " ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނު ކުރީ ސިއްހީ ދާއިރާއިން ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާލު