Baaruthakun Raajjeyge Sarukaarun Gengulhey Boaharu Siyaasathu Bali Kurun!
image
އާސިމް އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވަނީ---
1 ކޮމެންޓް
އީސާ ބިން އަހްމަދު ޖައުފަރު
 

ބާރުތަކުން ސަރުކާރުން ގެންގުޅޭ "ބޯހަރު" ސިޔާސަތު ބަލިކުރުން!

ކޮންމެ ކަޅު އަނދިރި ރެއަކަށްފަހު އުޖާލާ ފަތިހަކަށް އަލިވިލޭ ބީދައިން ދިވެހިން މިވަތު ތަހައްމަލްކުރަމުން މިދާ އެކެހެރިކަމާ ކުރިމަތިވެފައިވާ ދަތިތަކުން ދިވެހިން މިންޖުވުމުގެ ކޮޅުމަތި ފެންނަންމިވަނީ ފަށާފައެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ ދާދިފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅާ އަދި ވަރަށް ފަހުން ރާއްޖެ ވަޑައިގެން އުޅުއްވި ޔޫރަޕިއަން ޔޫނިއަންގެ ވަފުދު ރާއްޖޭ އެކިއެކި މުހިއްމު މުއައްސަސާތަކާ ބައްދަލު ކުރެއްވި ކުރުމެވެ. މީގެ އިތުރުން ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެއާމެދު ދެކޭގޮތަ ބަޔާންކޮށް ނެރޭ އެކިއެކި ބަޔާންތަކެވެ. Dhiraagu
ދަންނަވާލަންޖެހެނީ ރާއްޖޭގެ ހާލަތު މީން ޒަމާނަކު ބައިނަލް އަގުވާމީ މުޖުތަމަޢުގާ ބަލިކަށިނުވާ ވަރަށް މިވަގުތު ބަލިކަށިވެފައިވާ މި ދަނޑިވަޅުގައި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތެރެއިން ފެނިގެންދަނީ ކެނޑިނޭޅި ސަރުކާރުގެ "ބޯހަރު" ސިޔާސަތު ޑިފެންސް ކުރުމުގައި އަވަދިނެތި އުޅޭ މަންޒަރެވެ. ބަޔާންތައް ނެރުމުގައެވެ. ޓުވީޓް ކުރެއްވުމާ ރާއްޖޭގެ މޫނުމަތި ރަނގަޅުކުރަން ބޭރުގެ ފަރާތްތަކާގުޅިގެން މަސައްކަތްކުރެއްވުމުގައެވެ. ދައުލަތުގެ ބަޖެޓުން މިލޔަނުން މިކަމަށް ހަރަދު ކުރަމުން ދިޔަކަމުގައި ވީނަމަވެސް، އެބޭފުޅުންގެ މިފަދަ އަމަލުތަކުގެ ސަބަބުން ދާދި އަވަހަށް މި ސިޔާސަތު ބަލިކަށިވެ އަމާންދޭ މަންޒަރު ކުރިމަތިން ފެންނަ ކަހަލައެވެ.

ކުރިން ދެންނެވި ފަދައިން ރާއްޖެގެ ފޮރިން މިނިސްޓަރ ޑރ. އާސިމް އިންޑިޔާއަށް ކުރެއްވި ދަތުރަކީ ވަރަށް މާނަފުން ދަތުރެކެވެ. ރާއްޖޭގެ ސިޔާސަތު މި އިންޑިއާ ކަނޑުގާ ބައްޓަންކުރަމުންދާ ގޮތާމެދު ވާނީ މަޝްވަރާ ކުރައްވާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ޗައިނާ ރާއްޖޭގައި ބާރުގަދަ ކުރަމުންދާތީ އިންޑިއާއިން އެކަމުގެ ކަންބޮޑުވުންވާނީ ފާޅުކޮށްފައެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޔަގީނުންވެސް ވާނީ މަޝްވަރާ ކުރައްވާފައެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުފެދިގެން މިއުޅޭ ނުތަނަވަސްކަމާމެދުވެސް ވާނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ބޭނުންވާ ކެންޑިޑެޓުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަގުޅެގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ކަން މިހެން އޮތްއިރު ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު މުޅިއަކުން ރަނގަޅެކޭ ނުދެންނެވޭނެއެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަނީ ދިވެހިންނަކީ މިނިވަނުންކަމަށާއި، މައްސަލަތައް ނިންމަން އަވައްޓެރި ބޮޑުބޭބެއެއް ބޭނުންފުޅުނުވާކަމަށެވެ. ނަމަވެސް ދެ ގައުމުގެ ކޮންމެ މުހިއްމު ބައްދަލްވުމެއްދައި މިފަދަ މައުލޫއުތަކާމެދު މަޝްވަރާކުރާކަން އަޅުގަނޑުމެން ދަންނަމުއެވެ. މިހެން ދިމާވަން ޖެހޭ ސަބަބަކީ ދިވެހިންނަށް ކުރިމަތިވާ ބޮޑެތި ހާދިސާތަކުގައި އެހީތެރިވާންތިބީ ބޭރުގެ ހެޔޮއެދެ ފަރާތްތައް ކަމަށްވާތީއެވެ. އަދި މިއަދު އެއްގައުމު އަނެއްގައުމަށް ބޭނުން ޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަކީ ޒިންމާއެއްކަމުގައި ބައިނަލް އަގުވަމީ މުޖުތަމައުން ދެކެއެވެ.

ކޮންމެއަކަސް ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގައި ހަރަކާތްތެރިވާ ވަފުދުގެ މަސައްކަތުންވެސް ދިވެހިން އަމިއްލައަށް ހުރިހާ މަސައްކަތެއް ހައްލުނުކުރެވޭނެކަން ދަލިލުކޮށްދެއެވެ. އިންސާނުން ބަލައިގެންފައިވާ ގޮތުގައި ދެފަރާތެއްގެ ދެމެދުގައި މައްސަލަ އުފެދިއްޖެނަމަ ތިންވަނަ ފަރާތެއް އެކަމުގައި ބައިވެރިކުރުމީ އެންމެ މަސްލަހަތު ހުރި ގޮތެވެ. އެގޮތުން އަޅުގަނޑުމެންގެ އަވައްޓެރި އިންޑިޔާ އަދި ޔޫރަޕިއަން ޔޫނިއަން އިން ވެސް އެކުރަނީ މި މަސައްކަތެވެ. ގުޅުން ރަނގަޅުކޮށް ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ހޯދައިދިނުމުގައި މަސައްކަތްކުރުމެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ ސަރުކާރުގެ އަމަލުތައް ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ އަދި ބައިނަލް އަގުވާމީ މުއާހަދާތަކާ އެކަހެރިވެ ފާލުން ނައްޓައިގެންދާ ކޮންމެ ވަގުތަކު ބައިނަލް އަގުވާމީ މުޖުތަމައުން ބަސްބުނުމަކީ އެންމެ ރަނގަޅު ގޮތްކަމެވެ. މީގެ ކުރިންވެސް ޑިކްޓޭޓަރުންގެ އަނިޔާވެރިކަމުން ގައުމުތައް ސަލާމަތް ކުރުމުގައި ބައިނަލް އަގްވާމީ މުޖުތަމައުންވަނީ ބަސް ބުނެފައެވެ. އެ ބަހަށް ދީލައި ނުލައިފިނަމަ ފިޔަވަޅުވެސް ވަނީ އަޅާފައެވެ. އެގޮތުން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުއެޅުމާއި އެވަރުންވެސް ދޫ ނުދީފި ނަމަ މިލިޓަރީ ބޭނުންކޮށްގެންވެސް ޑިކްޓޭޓަރުން ވެރިކަމުން ގަދަކަމުން ބާލައި ގައުމުތައް ހަމައަކަށް އަޅުވާފައި އެބަހުއްޓެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ދިވެހިންގެ މަސްލަހަތު މިކަމުގައި އިސްކުރުން ބުއްދިވެރިވާނެއެވެ. އަޅުގަނޑުމެންނަކީ ބޭރުގެ ހެޔޮއެދޭ ފަރާތްތަކަށް ގޮންޖަހާ ބަޔަކަށް ވެއްޖެނަމަ އަޅުގަނޑުމެންގެ ދިރިއުޅުން ނުތަނަވަސް ކަމަށް ވެއްޓުމީ ނުވެ ނުދާނެކަމެކެވެ. އަޅުގަނޑުމެންގެ ހަލަތު އަމިއްލައަށް ތަސައްވުރު ކުރުމުގެ ގާބިލްކަން ނެތްނަމަ އަޅުގަނޑުމެން އެކަމަށް ހިތާމަ ކުރަންޖެހޭނަކަން ކަށަވަރެވެ. ގައުމުގެ އެތެރޭންނާއި ބޭރުން ވެސް ބަސް ބުނަން ތިބި މީހުން ބުނާ ހެޔޮ ބަސް ގަބޫލުކޮށް އަޅުގަނޑުމެން ވެއްޓެމުންމިދާ ވަޅުގަނޑުން ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ޒިންމާ އުފުލަން ތިބި ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ.
ހިޔާލު

ދޮންމަނިކުބޭބެ

އިންޑިޔާ ފުއްޕިޔަކަ މިސަރުކަރުން ނުދޭނެ. ކުރިއަށް އޮތީ އިންޑިޔާއަށް ހިތްދަތި ދުވަސްތަކެއް. (1) ޓީޗަރުން،ނަރުހުން،ޑޮކްޓަރުން އަދި ލޭބަރ ނުވަތަ އެހެން ކެޓަގަރީތަކުގެ ވަޒީފަގަތިބި އިްނޑިޔާ މީހުންގެ ކޮންޓްރެކްޓް އާނުކުރުން. (2) ރާއްޖޭގަ މަސައްކަތްކުރާ އިންޑިޔާ މީހުންގެ އާއިލާއަށް ޑިޕެންޑެންޓް ވިސާ ނުދިނުން (3) އިންޑީޔާއިން އިމްޕޯޓްކުރާ ތަކެތި އެހެން ޤައުމުތަކުން އިމްޕޯޓްކުރަން ފެށުމާއި އިންޑިޔާކޮޅު ދޫކޮށްލުން (4) އާސަންދައިގެ ޚިދުމަތް އިންޑިޔާ ހޮސްޕިޓަލްތަކަށް ނުދިނުން. އޭރުން ބޭހަށްދާ މީހުން ވަރަށް ބޮޑުތަން ދައްވާނެ. މިހެންގޮސް ކިތަންމެކަމެއް ރާއްޖެއަށް ކުރެވެން އެބައޮތް.