Loabiveriyaa RulhivumunDhivehi Anhen Kujjaku Dhanjehi Maruvaan Ulhefi
image
ނ. އަތޮޅުގެ ރަށެއް--
0 ކޮމެންޓް
 

ލޯބިވެރިޔާ ރުޅިވުމުން ދިވެހި އަންހެން ކުއްޖަކު ދަންޖެހި މަރުވާން އުޅެފި

ލޯބިވެރިޔާ ރުޅިވުމުން 16 އަހަރުގެ އަންހެން ކުއްޖަކު ދަންޖެހި މަރުވާން މަސައްކަތްކޮށްފިއެވެ.
ވިއެފްޕީއަށް އެނގިފައިވާ ގޮތުގައި ރައްޓެހިވެގެން އުޅޭ ކުއްޖާ ރުޅިވުމުން ދަންޖެހެން މަސައްކަތްކޮށްފައިވަނީ ނ. އަތޮޅުގެ ރަށެއްގެ ކުއްޖެކެވެ.

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހިނގި އެހާދިސާއާއި ގުޅޭގޮތުން ވީއެފްޕީއަށް އެރަށުން މައުލޫމާތުދިން މީހަކު ބުނީ، އެހާދިސާ ހިންގުމުގެ ކުރިން އިއްޔެ ވެސް ދެ ފަހަރެއްގެ މަތިން ދަންޖެހުމަށް މަސައްކަތް ކުރުމުން އެ އަންހެން ކުއްޖާ ހުއްޓުވާ ގޭގެ މީހުން ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި ތިންވަަނަ ފަހަރަށް ގޭގެ މީހުން ދުރަށް ޖެހިލި ދަނޑިވަޅުބަލާ ދަންޖެހުނީކަމަށް އެމީހާ ބުނެއެވެ.

"އިއްޔެ ތިން ފަހަރަށް ދަން ޖެހެން އެ މަސައްކަތް ކުރީ. ފުރަތަމަ ދެފަހަރު ގޭމީހުންނަށް ގޮނޑި މަތީ ހުއްޓާ ފެނިގެން ހުއްޓުވާ ވާހަކަ ދެއްކީމަ ނުކުރާނެ ކަމަށް އެއްބަސްވީ. ދެން ޖެހިގެން ހުރި ކޮޓަރީގަ ހުރި އޭނަގެ ދައްތަ އަށް އިވެނީ ގޮނޑި ވެއްޓޭ އަޑު. ގޮސް ބެލިއިރު ހުރީ ދަންޖެހިފަ. ދެން އޭނަ ހަޅޭލަވާ އަޑަށް އެހެން މީހުން ގޮސް ސަލާމަތް ކުރީ،" އެމީހާ ބުންޏެވެ.

އެ މީހާ ބުނި ގޮތުގައި އެ ކުއްޖާ ސަލާމަތްވީ އޭނާ ދަން ޖެހެން ބޭނުން ކުރި ވާގަނޑުގައި ކަރަށް ބެއްދި މަޅީގައި ނުބައިކޮށް ގޮށް ޖަހާފައި ހުރުމުން ކަމަށެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ސަލާމަތްކޮށް ނ.މަނަދޫގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދީފައިވެއެވެ.
ހިޔާލު