Snapchat stories facebook adhi twitter ah
image
0 ކޮމެންޓް
 

ސްނެޕްޗެޓްގެ ސްޓޯރީސް ފޭސްބުކް އަދި ޓްވިޓާއަށް

ސްނެޕްޗެޓް ބޭނުންކުރަމުންދާ ފަރާތްތަކަށް ވަރަށް އަވަހަށް، ސްނެޕްޗެޓްގެ ބޭރުން ފޭސްބުކް އަދި ޓްވިޓާއަށް ސްޓޯރީސް ހިއްސާ ކުރެވޭނެ ކަމަށް ސްނެޕްޗެޓްގެ ސީއީއޯ ވިދާޅުވެއްޖެއެވެ. kobadoctor
ސްނެޕްޗެޓް އިން މިފީޗާ ފަރުމާ ކުރަނީ ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކުން ލިންކު ކޮށްފައިވާ މީސް މީޑިއާތަކަށާއި އަދި އޭގެ އިތުރުން އީމެއިލް އަދި ޓެކްސްޓް މެސްޖެއްގެ ގޮތުގައި ސްޓޯރީސްގެ ލިންކު ފޮނުވައިގެން ވެބް ޕޭޖްއިންވެސް ބެލޭ ގޮތަށެވެ.

ސްނެޕްއިން 2014 ވަނަ އަހަރުގައި ވަނީ ސްޓޯރީސް ތައާރަފުކޮށްފައެވެ. އަދި މިފީޗާ ފަރުމާ ކޮށްފައިވަނީ ސްނެޕްޗެޓްއިން އެ އެކައުންޓަކަށް ފޮލޯކުރާ އެންމެންނަށް ވެސް ފެންނަ ގޮތަށެވެ.

އޭގެ އިތުރުން ސްނެޕްޗެޓްގެ އަލަށް ޑިޒައިންކުރި އެޕްލިކޭޝަން ލިބޭ ލިބިފައިވާ ފަރާތްތަކަށް މި ހިދުމަތް ލިބޭނެއެވެ. އަދި ދެން ތިބި ފަރާތްތަކަށްވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެ ހިދުމަތަތްތައް ފޯރުކޮށްދެވޭނެ ކަމަށް ސްނެޕްޗެޓްއިން ބުނެއެވެ.
ހިޔާލު