Hong kong FTA ge Bahdhaluvun Kaamiyaabu kamaaeku Nimijje : Saeed
image
ހޮންކޮން އާއެކު ވުމަށްހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެންމެފަހުގެ ބައްދަލުވުންތަކުގެ ތެރެއިން--- ފޮޓޯ: މިނިސްޓަރު ސައީދު
0 ކޮމެންޓް
 

ހޮންކޮންގް އެފްޓީއޭ ގެ ބައްދަލުވުން ކާމިޔާބުކަމާއެކު ނިމިއްޖެ: ސައީދު

ދިވެހިރާއްޖެއާ ހޮންކޮންއާ ދެމެދުވުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮންކޮންގްއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާ ކަމަށެވެ.


ހޮންކޮން އާއެކު ގާއިމު ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއެވެ. އަދި ހާއްސަކޮށް ރާއްޖޭގެ މާލީ ބާޒަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެއެއްބަސްވުމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވެއެވެ.


ހޮންކޮން އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރާނެ ވަކި ދުވަހެއް މިނިސްޓަރު ފާހަގަކޮށްފައިއެއް ނުވެއެވެ.

ރާއްޖެއާ ހޮންކޮންއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ އެންމެ ފަހުގެ ބައްދަލުވުންތައް މިހާރު ނިންމާލާފައިވާއިރު، ޗައިނާއާ ރާއްޖެއާ ދެމެދު މިހާރު ވަނީ މިނިވަން ވިޔަފާރީގެ އެއްބަަސްވުމުގައި ސޮއި ކޮށްފައެެވެ.
ހިޔާލު