Amilla Kunfunyakun MIRA ah Eh Million ah Vure Gina Rufiyya Dhahkan Jehijje
image
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
0 ކޮމެންޓް
 

އަމިއްލަ ކުންފުންޏަކުން މީރާއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ޓޫ ކޮމްޕެނީ އިން ދައުލަތަށް ދައްކަންޖެހި ނުދައްކަވާ 98 .1،059،891 (އެއްމިލިއަން ފަންސާސް ނުވަހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ އަށްލާރި) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްކަމަށްވާ ޖީއެސްޓީ އާއި ޖީއެސްޓީ ނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޓޫ ކޮމްޕެނީ 1.05 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

ޖެނުއަރީ މަހުގެ 25 އިން ފެށިގެން ދެމަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ އަދަދު އެމަހަކު ދައްކަމުން ގޮސް އަރަމުންދާ ޖޫރިމަނާއާއެކު ދެއްކުމަށް ކޯޓުން ވެސް ވަނީ ހުކުމް ކޮށްފައެވެ.

މީރާއަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ޓޫ ކޮމްޕެނީއާ ދެކޮޅަށް ހުކުމްކޮށްފައިވަނީ އެކުންފުނީގެ ޣައިރު ހާޒިރުގައެވެ.
ޓެކްސް ނުދައްކާ މައްސަލަތަކުގައި މީރާއިން މީގެ ކުރިންވެސްވަނީ އެކި ކުންފުނިތައް ކޯޓަށް ހާޒިރުކޮށްފައެވެ.
ހިޔާލު