Kabul gai dhin hamala eh gai 95 maru
image
ކާބުލްގައި ދިން ހަމަލާއެއްގައި 95 މަރު
0 ކޮމެންޓް
 

ކާބުލްގައި ދިން ހަމަލާއެއްގައި 95 މަރު

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 95 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.
އަފްގާނިސްތާނުގެ ތާލިބާނުން ޒިންމާ ނަގާފައިވާ ހަމަލާދީފައިވަނީ އެމްބަސީތައް ގިނަ ކާބުލްގެ ސަރަހައްދެއްގެ ފުލުހުންގެ ޗެކް ޕޮއިންޓަކަށެވެ.

ބޮން ގޮއްވާލާފައިވަނީ އެމްބިއުލާންސެއްގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. މި ހަމަލާގައި 95 މީހުން މަރުވެފައިވާއިރު 158 މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. ފަރުވާ ދެމުން ގެންދާ ބައެއް މީހުންގެ ހާލު ސީރިއަސްއިރު މި ހަމަލާގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލޭވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އަފްގާން ސަރުކާރުންވަނީ މި ހަމަލާއަކީ ގަތުލު ޢާއްމެއްކަމަށް ސިފަކޮށްފައެވެ.
އަފްގާނިސްތާން
ހިޔާލު