Villa ge vakeel angaara dhuvahu fuluhah haaziruvan angaifi
image
ވިލާގެ ވަކީލު އަންގާރަ ދުވަހު ފުލުހަށް ހާޒިރުވާން އަންގައިފި
0 ކޮމެންޓް
 

ވިލާގެ ވަކީލު އަންގާރަ ދުވަހު ފުލުހަށް ހާޒިރުވާން އަންގައިފި

ވިލާގެ ރިސޯޓްތަކަށް ކަސްޓަސް އޮފިސަރުން އެރި މައްސަލައާއި ގުޅިގެން ވިލާގެ ވަކީލުން ނެރުނު ނޫސްބަޔާނުގައި ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ވަނަވަރު އާއްމުކުރި މައްސަލާގައި ވިލާގެ ވަކީލު އަންނަ އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ވިލާގެ އިސް ވަކީލު އަހުމަދު ޝަފީގު އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހުގައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށައަޅައި ވިލާއިން ކުރިން ނެރުނު ބަޔާނުގައި، ހަތް ފުލުހަކާއި 34 ކަސްޓަމްސް އޮފިސަރެއްގެ ނަން ވަނީ އާއްމުކޮށްފައެވެ.

ވިލާގެ ބަޔާނާއި ގުޅިގެން ކަސްޓަމްސްއާއި ފުލުހުން އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެކަން ކުށްވެރިކޮށް ފައެވެ.

މީގެ އިތުރުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި ކަސްޓަމްސް އޮފިސަރުންގެ ނަންތައް ހާމަކުރި މައްސަލާގައި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ކަސްޓަމްސްއިންވަނީ ފުލުހުންނަށް ހުށައަޅާފައެވެ.
ހިޔާލު