Kabulge Askaree Academy akah Hamalaa Dhenee
image
ހަމަލާ ދެމުންދާ މާޝަލް ފަހީމް ޑިފެންސް ޔުނިވާސިޓީ---
0 ކޮމެންޓް
 

ކާބުލްގެ އަސްކަރީ އެކަޑަމީއަކަށް ހަމަލާދެނީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އަސްކަރީ އެކަޑަމީއަކަށް ހަމަލާ ދެމުންދާ ކަމަށް އަފްޣާނިސްތާނުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފިއެވެ.
އަފްޣާނިސްތާނުގެ ބައެއް ނޫސްތަކާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި ބާރު ގޮވުންތަކަކާއެކު ބަޑި ޖަހާ އަޑުފައްގަނޑު ހޯމަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތަކުން ފެށިގެން އެ އެކަޑަމީން ދަނީ އިވެމުންނެވެ.

މާޝަލް ފަހީމް ޑިފެންސް ޔުނިވާސިޓީގައި ހަމަލާ ބަދަލު ކުރަމުންދާއިރު އެ ޔުނިވާސިޓީގެ ވަށައިގެންވާ މަގުތައް އަސްކަރިއްޔާއިން ވަނީ ބަންދުކޮށްފައެވެ.

ހަމަލާތަކުގައި ބައެއް މީހުން ޒަހަމުވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ގެނެސްދީފައެއް ނުވެއެވެ.

މިއީ ކާބުލްގައި ގާތްގާތުގައި ދިން ތިން ވަނަ ހަމަލާއެވެ.

ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި އެމްބިއުލާންސެއް ގޮއްވާލައިގެން ކާބުލްގައި ދިން ހަމަލާގައި 95 މީހަކު ވަނީ މަރުވެފައެވެ. އަދި 158 މީހަކު ވަނީ ޒަހަމުވެފައެވެ. އެ ހަމަލާގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފައެވެ.
އަފްގާނިސްތާން
ހިޔާލު