GST nudhahkaa kufunithakakun e faisaa dhahkah hukumkohfi
image
މީރާ
0 ކޮމެންޓް
 

ޖީއެސްޓީ ނުދައްކާ ކުންފުނިތަކަކުން އެ ފައިސާ ދައްކަން ހުކުމްކޮށްފި

ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ދެ ކުންފުންޏަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ގެޓް ފެޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 196,498 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ހުކުމްކޮށްފައިވާއިރު ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,059,891.98 ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ.

އޭގެ އިތުރުން ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް ނުވަ ފަރާތެއްގެ މައްސަލަ މިއަހަރުގެ ތެރޭގައި ކޯޓަށް ހުށަހަޅައިފައިވާ ކަމަށް މީރާއިން ބުނެއެވެ.
ހިޔާލު