Resort thakah Eri Massalaagai Vilaain NICah Hushahelhi Massalathah Balaigenfi
image
ވިލާގެ ރިސޯޓެއްގައި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން ހަރަކާތްތެރިވަނީ---
0 ކޮމެންޓް
 

ރިސޯޓުތަކަށް އެރި މައްސަލާގައި ވިލާއިން ހުށަހެޅި މައްސަލަތައް ބަލައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާއިން ހިންގާ ރިސޯޓުތަކަށް އެރި ކަސްޓަމްސްއާއި ފުލުހުންގެ މައްސަލަތައް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ)އިން ބަލައިގެންފިއެވެ.
އެންއައިސިއިން މިއަދު ވަނީ އެ މައްސަލަތައް ރަޖިސްޓްރީކޮށް އެކަން އެ މައްސަލަ ހުށަހެޅި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީއަށް އަންގާފައެވެ.

ވިލާއިން ހުށަހެޅި 44 މީހެއްގެ މައްސަލަ އެންއައިސީން ބަލަން ފަށާފައިވާ އިރު ރިސޯޓުތަކަށް އެރި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ ނަންތައް ވިލާއިން އާއްމު ކުރި މައްސަލާގައި ފުލުހުން ވަނީ އެ ކުންފުނީގެ އިސް ވަކީލެއް ކަމަށްވާ އަހުމަދު ޝަފީގު ފުލުހަށް ހާޒިރުކޮށްފައެވެ.

ފުލުހުންގެ ނަންތައް އާއްމު ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނެފައިވާ އިރު ކަސްޓަމްސް އޮފިސަރުންގެ މައުލޫމާތު ހާމަ ކުރި މައްސަލަ ކަސްޓަމުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުންނާއި ކަސްޓަމުން ބުނެފައިވާ ގޮތުގައި ވިލާއިން ނަންތައް އާއްމުކޮށްފައިވަނީ ބިރު ދެއްކުމުގެ ގޮތުންނެވެ.
ހިޔާލު