Dhaulathah dhahkanjehey faisaainn baeh villa shipping in dhahkaifi
image
0 ކޮމެންޓް
 

ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ބައެއް ވިލާ ޝިޕިންގް އިން ދައްކައިފި

ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ބައެއް ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ވިލާ ޝިޕިން އިން ގްރީން ޓެކްސްގެ ގޮތުގައި، ވިލާގެ ހަތަރު ރިސޯޓަކުން ދައްކަން ޖެހޭ 1،88،585 ޑޮލަރާއި ކަނޑައެޅިފައިވާ ތާރިހަށް އެ ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 89،880 ޑޮލަރު އެއް ފަހަރާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

މީރާއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ވިލާއިން 1.2 މިލިއަން ޑޮލަރު ދެއްކުމުން އެ މައްސަލަ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެްކޝަނުން އިއްޔެ ވަނީ ނިންމާ ހުކުމްކޮށްފައެވެ.
ހިޔާލު