Raa vihkumuge hudha aa nukohdheefaane kamah villa ge resort thakah angaifi
image
ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން ފަން އައިލެންޑުގައި---ފޮޓޯ:ސޯޝަލް މީޑީއާ
0 ކޮމެންޓް
 

ރާ ވިއްކުމުގެ ހުއްދަ އާ ނުކޮށްދީފާނެ ކަމަށް ވިލާގެ ރިސޯޓުތަކަށް އަންގައިފި

ވިލާ ގުރޫޕުން ހިންގާ ރިސޯޓުތަކުގައި ރާ ވިއްކުމަށް މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތު ނުދީފާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ވިލާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ކުންފުނީގެ ރިސޯޓުތަކަށް ދީފައިވާ ރާ ވިއްކުމުގެ ހުއްދަ އާއި އޫރުމަސް ވިއްކުމުގެ ހުއްދަ ސަރުކާރުން ވަނީ ހިފަހައްޓާފައެވެ. ވިލާގެ ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފައިވަނިކޮށް ފަހުން ވަނީ 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދީފައެވެ.

އެ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތު ނުދީފާނެ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލާ ޝިޕިންގް އެންޑް ޓްރޭޑް އާއި ވިލާ ގްރޫޕާއި ގުޅިފައިވާ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ވާ ކަމަށެވެ. އޭގެ ތެރޭގައި ޓެކްސް އާއި ޓެކްސް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ހިމެނޭ ކަމަށާއި އެފައިސާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުންވެސް އެ ފައިސާ އެއްކުމަށް ވިލާއިން ދެކޮޅު ހަދަމުންދާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެހެން ބުނެފައިވާއިރު ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ބައެއް މިހާރު ވަނީ ދައްކާފައެވެ.
ހިޔާލު