Qaanoonaa Hilaafah Housing Ministry in Bidheyseen Lavvai Massakai Kuruvikan Falhaa Araifi
image
ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް---
0 ކޮމެންޓް
 

ގާނޫނާ ހިލާފަށް ބިދޭސީން ލައްވާ ހައުސިން އިން މަސައްކަތް ކުރިވިކަން ފަޅާ އަރައިފި

އިމިގްރޭޝަން ގާނޫނާ ހިލާފަށް ހައުސިން މިނިސްޓްރީން ބިދޭސީންތަކެއް ލައްވާ މަސައްކަތް ކުރިވިކަން ފަޅާ އަރައިފިއެވެ.
އެކަން ފަޅާ އަރުވާލާފައިވަނީ އޮޑިޓު އޮފީހުން މިއަދު އާއްމުކޮށްފައިވާ ހައުސިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން އިމިގްރޭޝަން ގާނޫނާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވާފައިވަނީ 2015 ވަނަ އަހަރު މާލޭގެ މަގުތައް މަރާމާތު ކުރުމާއި ތިން ރުއް ޕާކު ހެދުމަށް ކުރިއަށް ގެންދިއަ މަޝްރޫއުގައެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަމިއްލަ ކުންފުނިތަކާއި ވަކި ވަކި ފަރުދުންގެ ނަމުގައި އެކި ދާއިރާތަކުގައި ތަފާތު މަސައްކަތް ކުރުމަށް ރާއްޖެ ގެނެސްފައިވާ 59 ބިދޭސީއަކު ލައްވައި ގާނޫނާ ހިލާފަށް މަސައްކަތް ކުރުވާފައިވެއެވެ.

އެ ބިދޭސީން ލައްވާ ތިން މަސް ވަންދެން މަސައްކަތް ކުރުވި އިރު މުސާރައިގެ ގޮތުގައި 619،986 ރުފިޔާ ދީފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ 59 ބިދޭސީންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުލެމުން ދިޔަ މީހުންނެވެ.

އިމިގްރޭޝަން ގާނޫނުގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް ބިދޭސީއަކު ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. ބިދޭސީންނަށް ވޯކް ވިސާ ދިނުމާ ބެހޭ ގަވައިދގައި ބުނެފައިވާ ގޮތުގައި މަސައްކަތް ކުރުމަށް ހުއްދަ ދެވޭ ބިދޭސީން އެމީހުންނަށް ހުއްދަ ދެވިފައިވާ މަސައްކަތްތައް ނޫން އެހެން މަސައްކަތްތައް ކޮށްގެން ނުވާނެއެވެ.

ހިޔާލު