Hamasge Leader Haniya akee Terroristeh Kamah America in Kanda Alhaifi
image
އިސްމާއީލު ހަނިއްޔާ---ފޮޓޯ:ރިއުޓާސް
0 ކޮމެންޓް
 

ހަމާސްގެ ލީޑަރު ހަނިއްޔާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދާ ޖަމާއަތެއް ކަމަށްވާ ހަމާސްގެ ލީޑަރު އިސްމާއީލު ހަނިއްޔާއަކީ ދުނިޔެއަށް ހުރި ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފިއެވެ. kobadoctor
ބުދަ ދުވަހު އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ހަނިއްޔާ ހިމަނާފައިވާ އިރު ސްޓޭޓު ޑިޕާޓުމެންޓުން ބުނީ ހަނިއްޔާއާއި ހަމާސްގެ ހަނގުރާމަވެރި ގޮތްޕާ ގުޅުން އޮންނަ ކަމަށާއި ހަނިއްޔާއަކީ އެކަމަށް ވަކާލާތު ކުރާ މީހެއް ކަމަށެވެ.

ހަނިއްޔާ އެ ލިސްޓުގައި ހިމެނުމުން އެމެރިކާގެ ބާރު ފޯރާ ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރާނެއެވެ. އަދި އެމެރިކާގެ ބޭންކުތައް ނުވަތަ އެ ނޫން ތަންތަނުގައި ވެސް ހަނިއްޔާގެ މުދަލެއްވާ ނަމަ ހިފަހައްޓާނެއެވެ. އަދި ހަނިއްޔާއާއެކު ވިޔަފާރި ކުރުން އެމެރިކާގެ ފަރާތްތަކަށް މަނާ ކުރާނެއެވެ.

ހަމާސްގެ ލީޑަރު ކަމާ މިދިޔަ އަހަރު ހަވާލުވެވަޑައިގެންނެވި ހަނިއްޔާއަކީ އާއްމުންގެ ތެރޭގައި މަގުބޫލުކަން ބޮޑު ބޭފުޅެކެވެ.

ހަމާސްއިން ވަނީ އެމެރިކާގެ އެ ފިޔަވަޅުގެ ސަބަބުން ހަނިއްޔާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ހަނިއްޔާއާއި މެދު ފަހުރުވެރިވާ ކަމަށް ބުނެފައެވެ.
ހިޔާލު