Tablet Program: Igthisaadhee Bodu Jareemaa akah Nuvaanebaa!
image
ކުޑަ ކުއްޖަކު އައި ޕެޑެއް ބޭނުން ކުރަނީ---
3 ކޮމެންޓް
 

ޓެބްލެޓް ޕްރޮގްރާމް: އިގުތިސާދީ ބޮޑު ޖަރީމާއަކަށް ނުވާނެބާ!

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ދެވިދާނެއެވެ. އަދި ކޮންމެ ޓީޗަރަކަށް ވެސް ޓެބްލެޓެއް ދެވިދާނެއެވެ. އެހެންނަމަވެސް، މިތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަކީ ސަކްސަސްފުލް ކަމަކަށް ވެދާނެހެއްޔެވެ؟ މިއީ، ގިނަބަޔަކު މިއަދު ކުރިމަތިކުރާ ސުވާލެކެވެ. މި ސުވާލު ކުރަނީކީ ހަމައެކަނި އާންމުންނެއް ނޫނެވެ. ތައުލީމީ ދާއިރާގެ ސީނިއާ ބޭފުޅުންވެސް، މި ސުވާލު ކުރާ ކަމަށް ވެއެވެ. muni
ޓެބްލެޓް ތައާރަފްކުރުމާބެހޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ސްކޫލުތަކުގެ ބައެއް ޕްރިންސިޕަލުންނާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ބޭފުޅުން، އެބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާއެއްގައި ވާހަކަ ދެއްކެވީ އެ ޕްރޮގްރާމަށް ތާއިދުކޮށް ކަމަށް ވެއެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނަމަވެސް ބައްދަލުވުން ނިންމައި ލެއްވުމަށްފަހު ބައެއް ބޭފުޅުން ވަނީ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ހިލާފަށް ވާހަކަ ދައްކަވާފައި ކަމަށް ވެއެވެ. މާނައަކީ ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ރާއްޖެ ތައްޔާރުތޯ ސުވާލު އުފެއްދުމެވެ.

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައި ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީ ވަނީ "މެކުހަށް" ޖަހައިފައެވެ. އެއަށްވުރެ ވެސް ބޮޑަށް ހިންގުންތެރި މިނިސްޓްރީއެއްކަން ދެއްކުމަށް ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދަން އުޅޭ މަންޒަރު ވެސް ފެންނަ ކަހަލަ އެވެ.

ޓެބްލެޓް ޕްރޮގްރާމު ފުރަތަމަ އުޅުނު ކަމަށް ވަނީ ދުބާއީގެ މިލިޔަނަރެއްގެ އެހީތެރިކަމާއެކުގައި ކަމަށް ބުނާ އަޑުތަކެއް ވެސް އިވުނެވެ. މުޅި ޕްރޮގްރާމަށް ބޭނުންވާ ފައިސާ މިލިޔަނަރު ދެއްވާނެކަމަށް ބުނާ ވާހަކަތަކެއް އަޑު ފެތުރުނު ނަމަވެސް އެންމެ ފަހުން އެކަން ނިމުނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާގޮތަށެވެ.

ޓެބްލެޓްތައް ގަތުމުގެ "މާސިންގާ ވިޔަފާރި" 154 މިލިއަން ރުފިޔާ އަށް 70000 އަށްވުރެ ގިނަ ޓެބްލެޓް ގަންނަން މެކްސްކޮމް ކިޔާ ކުންފުންޏަކަށް ޑިސެމްބަރު މަހުގެ ފަހުކޮޅު ހަވާލުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފައިވާއިރު އެ މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެކެވެ. އެހެންކަމުން އެފަދަ މަޝްރޫއުތަކުގެ ކަންކަން ދެފުށްފެންނަގޮތަށް ހާއްސަކޮށް އަޑި ނޭނގޭކަމެއް އުޅޭތޯ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކުރަން ޖެހޭނެވެ.

އެ ޕްރޮގްރާމާބެހޭ ގޮތުން ތަފާތު ތުހުމަތުގެ އިނގިލި ދިއްކުރަމުންދިޔަ ނަމަވެސް ސުވާލަކީ އެކަން އޭސީސީން ކިހާވަރަކަށް ބެލިތޯ އެވެ. ނުވަތަ ބަލަން ޖެހޭވަރުގެ ކަމެއް ހިނގާފައިނުވަނީތޯ އެވެ. އެކަންކަން އެނގޭނީ އޭސީސީ އަށް ތާ އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައި ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ބެހިދާނެއެވެ. މިކަމުގެ ސަބަބުން ބައެއްގެ ޖީބަށް އެތައް މިލިޔަށް ފައިސާއެއް ވަދެދާނެއެވެ؟ އަދި ސިޔާސީ "ދަޅަދެއްކުމަކުން" އޭގެ ފައިދާއެއް ހޯދިވެސް ދާނެއެވެ. އެކަމަކު ހަނދާން ކުރާންވީ ކަމަކީ ދިވެހީން މިހާރު އެހާ "ގަމާރު" ނޫން ކަމެވެ.

ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޭ ޓެބްލެޓްތަކުގައި މައްސަލަތަކެއް ދިމާވެއްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ.؟ އެކަންކަން ރަނގަޅުކޮށް ހައްލުކޮށްދެވޭނެ އިންސާނީ ވަސީލަތްތައް ސްކޫލުތަކުގައި ވަނީ ޤާއިމު ކުރެވިފައި ހެއްޔެވެ؟ އެތައް ސަތޭކަ ކުދިބަޔަކު އެއްފަހަރާ ބޭނުން ކުރެވޭ މިންވަރަށް އިންޓަނެޓު ކެޕޭސިޓީ ސްކޫލުތަކަށް ވަނީ ފޯރުކޮށްދެވިފައި ހެއްޔެވެ؟ މިއީ ވެސް މިވަރު ބޮޑު ކަމެއްކުރާއިރު އުފައްދަންޖެހޭ ސުވާލުތަކެއް ނޫން ބާއްވައެވެ.

މިފަދަ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން ހިންގާ ސްކޫލުތަކުގައި މި ޖައްސަނީ މިފަދަ ކަމެއް ސަރުކާރުން ހިންގާ އެންމެ ސްކޫލެއްގައި ނަމަވެސް "ޕައިލެޓް" ކޮށް، އެއިން އިބްރަތެއް ހާސިލު ކޮށްގެން ހެއްޔެވެ؟ މިފަދަ އެއްވެސް ކަމެއް އަދި މިހާތަނަށް ފުރިހަމަކުރި ކަމަކަށް އެނގިފައެއް ނުވެއެވެ. އެހެންކަމުން މިއީ، އިގުތިސާދީ ގޮތުން ހިންގާ ބޮޑު "ޖަރީމާ" އެއް ކަމަށް ނުވާނެ ހެއްޔެވެ؟
ހިޔާލު

ޓްރައިސް

އެޑިޔުކޭޝަން މިނިސްޓްރީގެ ޕްރޮކިޔުމަންޓުން 95000ރ އަށް ބިޑްކޮށްފައިވާ ކޭބަލެއް އެޅުމަށަ 375000ރ އަށް ސީދާ ޕްރޮކިޔުމަންޓްގެ އިސްވެރިންގެމަސްލަޙަތު ހިމެނޭ ކުންފުންޏަކަށް ދީ އަދި ފަހުންވެސް އަގު ބޮޑުކޮށް ދީފައިސާ ދޫކޮށްފަވަނީ ..އެވެސް އޭ.ސީ.ސީ އިން މަސައްކަތް ކުރިއަށް ނުގެންދިޔުމަށް އަންގަވާފަވަނިކޮށް..ވވވ ކޮރަޕްޓްކޮށް ސްކޫލްތަކުގެ މަސައްކަތް ކޮށްފައެބަހުރި..ކޮންމެވެސް ކިރަކާ އޭނާ ހިއްސާވާ ކޮންމެެވެސް ރައިސް އަކާ އެއްކޮށް ކިރުހަކުރު އަޅައިން ބަތްގަނޑު ކަމުންދަނީ...

ޣަޒީ

ޢެޑިއުކޭސަަނަލް ޕްލެޓްފޯމް ރާއްޖޭގެ ބޭނުމަށް ނުހަދައި ތި ޓެބްލެޓް ގެނައުމުގެ ބޭނުމެއްނެތެވެ. ފުރަތަމަ ރޭވުންތެރި ކަމާއެކު އެކަންކޮއްފަ ދޯ ހާޑްވެއަރ ގެންނާނީ!!!

ހަސަން

އެއްވެސް ވަރަކަށް މަޢުލޫމާތު ނުހޯދާ ރައްޔިރުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް ލިޔެފައިވާ ލިޔުމެއް