Amuruge Sah'hakan Balamundhaakamah Bandaara Naibu Vidhaalhuvejje
image
ބަންޑާރަ ނައިބް މުހައްމަދު އަނިލް-- ފޮޓޯ: ވަގުތު
0 ކޮމެންޓް
 

އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް ވިދާޅުވެއްޖެ

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރު ތަންފީޒު ކުރުމުގެ ކުރިން އެ އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
އަނިލް ވިދާޅުވީ، އަމުރުގެ ސައްހަކަން ބެލުމަށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާކަން އަނިލް ވަނީ ފާހަގަ ކުރައްވާފައެވެ. އަނިލް އެހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ބަންޑާރަ ނައިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފައި ވަނިކޮށެވެ. އަދި ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށްވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހިޔާލު