Emme Furathamaves Kuraane Masahkathakee Anil Maqaamun Vakikurun: Musthafa
image
0 ކޮމެންޓް
 

އެންމެ ފުރަތަމަވެސް ކުރާނެ މަސައްކަތަކީ އަނިލް މަގާމުން ވަކިކުރުން: މުސްތަފާ

އެންމެ ފުރަތަމަވެސް ކުރާނެ މަސައްކަތަކީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލު އެ މަގާމުން ވަކިކުރުން ކަމުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހުކުމްކޮށްފައެވެ.

މ. ކުނޫޒުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޯންނާނެ ކަމަށެވެ.

އެ 12 މެންބަރުންނާއި ނުލާ ޖަލްސާއެއް ނުބޭއްވުމަށް މަޖިލީހުގެ ރައީސަށާއި އަމީން އާންމަށް މެންބަރު މުސްތަފާ ވަނީ ގޮވާލައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީގުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ އެ މެންބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް މަޖިލީހުން އެއްވެސް ހުރަހެއް އަޅައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވަނީ ވަރަށް ވަރުގަދަ އަމުރެއް ކަމަށެވެ. އެ އަމުރުގައި ދިވެހި ސަރުކާރަށާއި، ފުލުހުންނާއި ސިފައިންނާއި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށްވެސް އަމުރުކޮށްފައިވާ ކަމަށް މެންބަރު ވަހީދު ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުން އެ މޭރުމުން ވާހަކަ ދައްކަވާފައިވާއިރު މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ އަމުރުކޮށްފައެވެ.
ހިޔާލު